ކ. މާލެ
|
27 އޮކްޓޯބަރ 2019 | އާދީއްތަ 12:03
މަންޓާ އެއަރ އިން ގެނައުމަށް ހަމަޖެހިފައިވާ ތިން ވަނަ ސީޕްލޭން
މަންޓާ އެއަރ އިން ގެނައުމަށް ހަމަޖެހިފައިވާ ތިން ވަނަ ސީޕްލޭން
މަންޓާ އެއާ
މަންޓާ އެއަރ
ތިން ވަނަ ސީޕްލޭން އަންގާރަ ދުވަހުން ގެންނާނަން: މަންޓާ އެއަރ
ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފިކްސްޑް ޝެޑިއުލެއް އޮންނާނެ
ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފައިވަނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު
މަންޓާ އެއަރ އިން ޖުމްލަ 10 ސީޕްލޭން ގެންނާނެ

މަންޓާ އެއަރގެ ތިން ވަނަ ސީޕްލޭން މިމަހުގެ 29 ވަނަ ދުވަހު ރާއްޖެ ގެންނާނެކަމަށް މަންޓާ އެއަރއިން ބުނެފިއެވެ.

މަންޓާ އެއަރ އިން ވަނީ މީގެ ކުރިން ދެ ސީޕްލޭން ރާއްޖެ ގެނެސްފައެވެ. އެގޮތުން ފުރަތަމަ ސީޕްލޭން އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ގެނެސްފައިވާއިރު ދެވަނަ ސީޕްލޭން ގެނެސްފައިވަނީ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެ ސީޕްލޭނަކީ "ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ" މަރުކާގެ ސީ-ޕްލޭނެކެވެ. 19 މީހުންގެ ޖާގައިގެ މި ސީޕްލޭންގައި ލަގޭޖަށް ޖާގަ ބެހެއްޓުމަށްފަހު 15 މީހުންގެ ޖާގަ ލިބޭނެ ކަމަށް މަންޓާ އިން ބުނެއެވެ. އަދި ސީޕްލޭން އޮޕަރޭޓް ކުރުމަށްޓަކައި ދެ ޕައިލެޓުން ތިބޭނެއެވެ.

މަންޓާ އެއަރގެ ޗީފް މާރކެޓިންގ އޮފިސަރ އަޙްމަދު މައުމޫން ވިދާޅުވީ ސީޕްލޭންގެ ޚިދުމަތް މި ފަށަނީ އައު ސަރވިސް ލެވަލްއަކާއެކު ކަމަށާއި ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފިކްސްޑް ޝެޑިއުލެއް އޮންނާނެ ކަމަށެވެ.

ސީޕްލޭންގެ ޚިދުމަތް ނޮވެމްބަރު މަހު ފަށާނެކަން ފާހަގަކޮށް މަންޓާ އިން ބުނީ ޚިދުމަތް ފެށުމުގެ ގޮތުން އެ ކުންފުނިން އިންޓަރިމް ޓާރމިނަލެއް ޤާއިމްކޮށްފައިވާނެ ކަމަށެވެ.

މަންޓާ އެއަރ އިން ޖުމްލަ 10 ސީޕްލޭން ގެނައުމަށް ހަމަޖެހިފައިވާއިރު މި އަހަރު ނިމުމުގެ ކުރިން ޖުމްލަ 7 ސީޕްލޭން ރާއްޖެ ގެންނާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މަންޓާ އެއަރގެ ވައިގެ ދަތުރުފަތުރުގެ ޚިދްމަތް ފެށީ މީގެ 7 މަސް ކުރިންނެވެ. މަންޓާ އެއަރ އިން މިހާރު ޝެޑިއުލް ދަތުރުތައް ކުރަމުންދަނީ ބ. ދަރަވަންދުއާއި ދ. ކުޑަހުވަދޫއަށެވެ.

- ކޮމެންޓް
27 އޮކްޓޯބަރ 2019 | އާދީއްތަ 21:51
އުތުރު އަލިބެ
އަވަސް މުއްދަތެއްގައި ހދ ހަނިމާދުއަށް ދަތުރުފެށުމައް ގޮވާލަން !!