Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 18:11
އައްޑު ތެލެސީމިއާ ސޮައިޓީގެ އިފްތިތާހީ ޖަލްސާގެ ތެރެއިން
އައްޑު ތެލެސީމިއާ ސޮައިޓީގެ އިފްތިތާހީ ޖަލްސާގެ ތެރެއިން
ސޯޝަލް މީޑިއާ
ތެލެސީމިއާ
އައްޑުގައި ތެލެސީމިއާ ސޮސައިޓީގެ ޖަމިއްޔާއެއް އުފައްދައިފި
މިހާތަނަށް 60 ވަރަކަށް މެންބަރުން ރަޖިސްޓްރީވެފައިވޭ
އިފްތިތާހު ކުރީ ބުރާސްފަތި ދުވަހު

އައްޑު ސީޓީގައި ތެލެސީމިއާ ސޮސައިޓީގެ ޖަމިއްޔާއެއް އުފައްދައިފިއެވެ.

މި ޖަމިއްޔާއަކީ އައްޑުގައި ދިރިއުޅޭ ތެލެސީމިއާ ޕޭޝަންޓުންގެ ކަންކަން ބަލާ އެ ފަރާތްތަކަށް އެހީތެރިވުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

އެޖަމިއްޔާގެ ފައުންޑާ އަދި ހިންގާ ކޮމިޓީގެ ނައިބު ރައީސާ އާމިލާ ވަހީދު "ރާއްޖެ އެމްވީ" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ ޖަމިއްޔާގައި މިހާތަނަށް 60 ވަރަކަށް މެންބަރުން ރަޖިސްޓްރީވެފައިވާ އިރު، މީގެ ތެރެއިން 16 މެންބަރުންނަކީ ތެލެސީމިއާ ޕޭޝަންޓުން ކަމަށެވެ.

Advertisement

އޭނާ ވިދާޅުވީ އައްޑޫގައި 4 އަހަރުން ފެށިގެން 50 އަހަރާ ދެމެދުގެ ތެލެސީމިއާ ޕޭޝެންޓުން ތިބި އިރު، އެފަރާތްތަކަށް ބޭނުންވާ އެންމެ އެކަށޭނެ ފަރުވާއެއް އައްޑު ސިޓީއިން ނުލިބޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަތިތަކަކާއި ދިމާވާ ކަމަށާއި، މިކަމާއި ގުޅިގެން ކަމާ ބެހޭ ފަރާތްތަކާއި ވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ.

އައްޑު ތެލެސީމިއާ ސޮސައިޓީގެ އިފްތިތާހީ ޖަލްސާގައި ވަނީ އެ ސިޓީގައި ހުންނަ "މެޑި ސިޓީ" ކުލިނިކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން މި އެއްބަސްވުމުގެ ދަށުން ތެލެސީމިއާ ޕޭޝެންޓުންނަށް ކަމާބެހޭ ފަރާތްތަކަށް ދައްކާ، އަދި ޑޮކްޓަރައް ދައްކާ ފީ އިން ޑިސްކައުންޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް