Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2019 | ހޮނިހިރު 10:05
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ
އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ
ރާއްޖެއެމްވީ
އޭސީސީ
ތިންވަނަ ކުއާޓަރގައި އޭސީސީން 177 މައްސަލަ ބަލައިފި
ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 532 މައްސަލަ ވަނީ ބަލާ ނިންމާފައި
ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 59 އިދާރާއަކަށް، އިޞްލާހުކުރުމަށް 83 އެންގުމެއް އަންގާފައިވޭ
ޝަރީޢަތަށް ހުށަހަޅަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވަނީ އެއްމެ މައްސަލައެއް

މި އަހަރުގެ 3 ވަނަ ކުއާޓަރގެ ތެރޭގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 177 މައްސަލަ ބަލާ ނިންމައިފިއެވެ.

އޭސީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި 532 މައްސަލަ ވަނީ ބަލާ ނިންމާފައެވެ. މީގެތެރެއިން 177 މައްސަލައަކީ 3 ވަނަ ކުއާޓަރ ގައި ނިންމާފައިވާ މައްސަލަތަކެވެ. 2018 ވަނަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު، 2019 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި ކޮމިޝަނުން ނިންމާފައިވާ މައްސަލަތައް 45 އިންސައްތަ އިތުރެވެ. 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ނިންމާފައިވަނީ ޖުމްލަ 320 މައްސަލައެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވަނީ އެއްމެ މައްސަލައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޝަރީޢަތަށް ހުށަހެޅުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް 2 މައްސަލައެއް ހުށަހެޅުނެވެ.

Advertisement

މި އަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުން ނިންމި ޖުމްލަ 177 މައްސަލަތަކުގެ ތެރެއިން ކޮރަޕްޝަންގެ ޢަމަލެއް އެކުލެވިފައިވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް ނިންމާފައިވަނީ، 176 މައްސަލައެވެ. 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި 318 މައްސަލައެއް އެކަށީގެންވާ ހެއްކާއި ޤަރީނާ ނެތިގެން ކޮރަޕްޝަނުގެ ޢަމަލެއް އެކުލެވިގެންވާކަމަށް ސާބިތު ކުރެވެން ނެތްކަމަށް އީސީސީން ވަނީ ނިންމާފައެވެ.

މީގެއިތުރުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކާ ގުޅިގެން ދައުލަތުގެ 59 އިދާރާއަކަށް، އިޞްލާހުކުރުމަށް 83 އެންގުމެއް އަންގާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާތާކަށް އިޞްލާހުކުރުމަށް އެންގިފައިވަނީ 59 އެންގުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް