Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2019 | ބުދަ 09:26
ބިދޭސީންތަކެއް ގަވާއިދުގެ ތެރެއަށް ވަންނަން ގަލޮޅު ދަނޑު ކައިރިއަށް އެއްވެފައި
ބިދޭސީންތަކެއް ގަވާއިދުގެ ތެރެއަށް ވަންނަން ގަލޮޅު ދަނޑު ކައިރިއަށް އެއްވެފައި
މުހައްމަދު ފަޒީން
ބިދޭސީން
ވޯކްވިސާއަށް ފޭކް މެޑިކަލް ރިޕޯޓް ހަދާ މައްސަލަ އިތުރުވަނީ
މިދިޔަ މަހުގައި ވެސް ފޭކް މެޑިކަލް ރިޕޯޓަކާއި ގުޅިގެން ބިދޭސީއެއް އަތުލައިގެންފައިވޭ
މެޑިކަލް ރިޕޯޓް ހެއްދޭނީ ހެލްތުން ހުއްދަ ދޫކޮށްފައިވާ ތަންތަނުން އެކަނި

މިފަހަކަށް އައިސް އަނެއްކާ ވެސް ވޯކްވިސާއަށް ބޭނުންވާ މެޑިކަލް ހެދުމުގައި ފޯޖަރީގެ ކަންކަން އިތުރުވަމުން ދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން މިކަން އަންގާފައިވާކަން ހާމަކޮށްފައިވަނީ ހެލްތް މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޯރކް ޕާމިޓް ހެދުމަށް ބޭނުންވާ ވޯރކް ޕާމިޓު މެޑިކަލް ހެދުމަށް ވަކި ހޮސްޕިޓަލެއް ނުވަތަ ކްލިނިކް ތަކަކަށް ހުއްދަދެވި އެމަސައްކަތް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރެވެމުންދާ ކަމަށެވެ.

ނަމަވެސް ފަހަކަށް އައިސް މެޑިކަލް ހެދުމުގައި ނަކަލުކޮށް މެޑިކަލް ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement

ހެލްތް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއަކީ ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމަށް ވަރަށް މުހިންމު އަދި ބުރަ މަސައްކަތްތަކެއް ކުރަމުންދާ އަދި މިފަދަ ބައެއް ބަލިތައް ނައްތާލުމުގައި ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ގައުމެއް ކަމަށެވެ. އަދި މިކަންކަން މިގޮތައް ދެމެހެއްޓުމަށްޓަކާ، ރާއްޖެ ގެންނަ ބިދޭސީ މަސައްކަތުމީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރުމަށް ރަނގަޅު ސިއްހަތެއްގައި ހުރި މީހަކު ތޯ ބެލުމަށްޓަކައި ވޯރކް ވިސާ އަށް އެދޭއިރު މެޑިކަލެއް ހުށައެޅުމަށް އިމިގްރޭޝަންގެ ގަވާއިދުން ލާޒިމު ކުރާ ކަމަށެވެ.

ދާދި ފަހުން މިދިޔަ މަސް ތެރޭގައި ވެސް ފޭކް މެޑިކަލް ރިޕޯޓެއްގެ މައްސަލައިގައި އިމިގްރޭޝަނުން ވަނީ ބިދޭސީއެއް ހިފަހައްޓާފައެވެ. އިމިގްރޭޝަނުން ބުނީ، ފުލުހުންނާ ގުޅިގެން މިދިޔަ މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަން އެއްގައި ވޯކް ވިސާ ހެދުމަށް ނަކަލު ކޮށްފައިވާ މެޑިކަލް ރިޕޯޓެއް ބޭނުން ކުރަން މަސައްކަތް ކުރި ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހުއްޓުވުމަށް ސަރުކާރުން ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަންގަލްދޭޝް މަސައްކަތްތެރިންގެ ތެރެއިން އަންސްކިލްޑް މަސައްކަތްތެރިން ގެނައުން މަނާވެސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް