Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2019 | އަންގާރަ 09:39
ހެންވޭރު އަރޓިފިޝިއަލް ބީޗް
ހެންވޭރު އަރޓިފިޝިއަލް ބީޗް
މިހާރު
މަރުވެފައި އޮތް މީހަކު އޭޑީކޭއަށް ގެނައުން
އޭޑީކޭއަށް ގެނައި އިރު މަރުވެފައި އޮތް މީހެއްގެ މައުލޫމާތު ހޯދަނީ
މަރުވެފައިވަނީ 50 އަހަރާއި 60 އަހަރާ ދެމެދުގެ މީހެއް
އޭޑީކޭއަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި

އޭޑީކޭއަށް ގެނައި އިރު މަރުވެފައި އޮތް މީހެއްގެ މައުލޫމާތު އެ ހޮސްޕިޓަލުން ހޯދަން ފަށައިފިއެވެ.

Advertisement

އޭޑީކޭއިން ބުނީ 50 އަހަރާއި 60 އަހަރުގެ ފިރިހެނެއް މިއަދު ހެނދުނު އެ ހޮސްޕިޓަލުގެ އެމަރޖެންސީއަށް ގެނެސްފައިވާ ކަމަށެވެ. އަދި އެމީހާ ލައިގެން ހުރީ ނޫކުލައިގެ ސޯޓެއް ކަމަށާއި، އޭނާ ގެނައީ އަރޓިފިޝިއަލް ބީޗުން ކަމަށެވެ.

އޭޑީކޭއިން ބުނީ އެމީހާ ގެނެވުނު އިރު ވެސް އޮތީ މަރުވެފައި ކަމަށާއި، ވަގުތުން ސިއްހީ ފަރުވާ ދީފައިވާ ކަމަށެވެ. އޭޑީކޭއިން ބުނީ އެމީހާއާ ބެހޭ މައުލޫމާތު ހޯދުމުގައި ފުލުހުންނަށް އެހީތެރިވެދިނުމަށް އެދޭ ކަމަށެވެ.

ފުލުހުން ބުނީ އަރޓިފިޝިއަލް ބީޗްގައި ހުރި ގޮނޑިއެއްގައި ދޮށީ އުމުރުގެ ފިރިހެނަކު ހާލުދެރަވެފައި އިންކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:26 ހާއިރު ފުލުހުންނަށް ލިބުމާއެކު އޭޑީކޭއަށް ގެންދެވުނު ކަމަށެވެ.

އަދި އެމީހާއަކީ ކާކުކަން ދެނެގަނެފައިނުވާތީ އެމީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނީ ދޮށީ އުމުރުގެ ފިރިހެނެއް (ހުދު ތުނބުޅިއަކާ މަތިމަހެއް) ހުރި ފިރިހެނެއްގެ ހަބަރެއް ވެފައި ނުވާނަމަ ނުވަތަ ވީތަނެއް ނޭނގިގެން އުޅޭނަމް ފުލުހުންނަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް