Advertisement
ކ. މާލެ
|
20 އޮކްޓޯބަރ 2019 | އާދީއްތަ 23:02
ވެމްކޯގެ މުވައްޒަފުންތަކެއް
ވެމްކޯގެ މުވައްޒަފުންތަކެއް
އަޝްވާ ފަހީމް
ވެމްކޯ
ވެމްކޯ އިން ވިލިމާލޭގެ ގޭބީސީތަކަށް ޚާއްޞަ ސަރވޭއެއް ހިންގަނީ
ސަރވޭ ފަށާފައިވަނީ މި މަހު 20 ގައި
ވެމްކޯގެ މުވައްޒަފުން ހޮވާލެވިފައިވާ ގޭބީސީތަކަށް ޒިޔާރަތް ކުރަމުންދާނެ
ވެމްކޯގެ މުވައްޒަފެއްކަން ޔަޤީންކުރުމަށް ވަނީ އިލްތިމާސްކޮށްފައި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވިލިމާލޭގެ ގޭބީސީތަކަށް ޚާއްޞަކޮށްގެން ވޭސްޓް ސަރވޭ އަދި އޯޑިޓްއެއް ހިންގަން ނިންމައިފިއެވެ.

ތިން ހަފުތާގެ މުއްދަތައް ކުރިޔަށްދާ މި ސަރވޭ ފެށީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ގޭބީސީތަކުގައި ކުނި އުފެދޭ މިންވަރާއި ކުނީގެ ބާވަތްތައް ދެނެގަތުމަކީ މި ސަރވޭގެ އެއްޢަމާޒެވެ. އަދި ކުނި ބަންދުކުރުމުގައި އާންމު ރައްޔިތުން ޢަމަލުކުރަމުންދާ އުޞޫލު ދެނެގަތުމަކީ ވެސް އެއް މަޤްސަދު ކަމަށް ވެމްކޯ އިން ބުނެއެވެ.

Advertisement

މީގެ އިތުރުން އެ ހޮވާލެވިފައިވާ ގޭބީސީތަކުން އުފައްދާ ކުނި ކޮތަޅުތައް ބޭނުންކޮށްގެން ހިންގާ ވޭސްޓް އޯޑިޓްގެ ނަތީޖާއަށް ބިނާކޮށް ކޯޕަރޭޝަންގެ ޚިދުމަތް ރަނގަޅު ކުރެވިގެންދާނެ ކަމަށްވެސް ވެމްކޯ އިން ބުންޏެވެ.

ސަރވޭއާއި އޮޑިޓުގައި ހޮވާލެވޭ 336 ގޭބީސީއަށް ވެމްކޯގެ މުވައްޒަފުން ޒިޔާރަތް ކުރަމުންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ. ގޭބީސީތަކަށް ޒިޔާރަތްކުރާ މުވައްޒަފުން ތިބޭނީ ކުންފުނީގެ މުވައްޒަފުންކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށާއި ވެމްކޯގެ މުވައްޒަފެއްތޯ ޔަޤީން ކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ޝައްކު އުފެދޭ ފަދަ ކަމެއް ފާހަގަކުރެއްވިއްޖެނަމަ ލަސްނުކޮށް، އެ ކޯޕަރޭޝަންގެ ހޮޓްލައިން 1666 ގުޅާ އަދި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް