Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2019 | ހޮނިހިރު 22:40
ޕެރޭޑްގެ ތެރެއިން
ޕެރޭޑްގެ ތެރެއިން
ރައީސް އޮފީސް
އަމީނިއްޔާ ސްކޫލުގެ ޕެރޭޑް
ދިވެހިންގެ ކާމިޔާބީގެ އަޞްލަކީ އިސްލާމްދީނުގެ ޞައްޙަ އަޤީދާގެ މަތީގައި ދެމިތިބޭ އެކުވެރި ބަޔަކަށްވުން: ނައިބު ރައީސް
ޕެރޭޑް ބާއްވާފައިވަނީ ހުޅުމާލޭގައި
މި ޕެރޭޑުގެ މަޤްޞަދަކީ އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލް ކުލަގަދަކޮށް ފާހަގަކުރުން
ޕެރޭޑުން ފެނިގެންދިޔައީ އެކުވެރިކަމާ އެއްބައިވަންތަކަން ކަމަށް ނައިބު ރައީސް ވިދާޅުވި

ދިވެހިންނަކީ އިސްލާމްދީނުގެ ޞައްޙަ އަޤީދާގެ މަތީގައި ތިބޭ އެކުވެރިބައެއްކަމަށާ، ދިވެހިންނަށް ލިބޭ ކާމިޔާބީގެ ނަތީޖާއަކީ އެއީކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އަމީނިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ހުޅުމާލޭގައި ބޭއްވި ޕެރޭޑް ނިންމާލުމުގެ ގޮތުން ބޭއްވު ރަސްމިއްޔާތުގައެވެ.

Advertisement

ޕެރޭޑް ނިންމުމަށްފަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އަމީނިއްޔާ ސްކޫލުގެ ޕެރޭޑުން ފެނިގެންދިޔައީ އެކުވެރިކަމާ އެއްބައިވަންތަކަން ކަން ފާހަގަކުރައްވައި ދިވެހިންގެ ތެރޭގައި މި އޮތް އެކުވެރިކަން ދަމަހައްޓަން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބައިބައިވުން އުފެދޭ ކަންކަމާއި ހަމަޖެހުން ގެއްލިދާފަދަ ކަންކަމާ ރުޅިވެރިކަން އުފެދޭ ކަންކަމާ ދުރުހެލިވާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭ ރެހެންދި ސްކޫލު ސަރަޙައްދުން ފެށި މި ޕެރޭޑް ނިންމާލާފައި ވަނީ ސެންޓްރަލް ޕާކު ސަރަޙައްދަށެވެ. އަމީނިއްޔާ ސްކޫލުން އިންތިޒާމުކުރި މި ޕެރޭޑުގައި އެ ސްކޫލުގެ ސްޓާފުންނާއި މިހާރުގެ ދަރިވަރުންނާއި އިހުގެ ދަރިވަރުންނާއެކު ދެހާހެއްހާ ފަރާތުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް