Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2019 | ހޮނިހިރު 19:09
އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް
އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތައް
އައްޑޫ ލައިވް
އައްޑޫ ސިޓީ ފްލެޓް
ފްލެޓް ލިބުނު ފަރާތްތަކަށް ބަހާލައިގެން ޑައުންޕޭމަންޓް ދެއްކޭނެ ގޮތް ހަމަޖައްސައިދޭނަން: އައްޑޫ ސިޓީ މޭޔަރ
ޑައުންޓް ޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 19،000 ރުފިޔާ

އައްޑޫ ސީޓި ހިތަދުއާއި ހުޅުދޫ ގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންނަށް ޑައުންޕޭމަންޓް ބަހާލައިގެން ދެއްކޭނޭ އިންތިޒާމު ހަމަޖައްސާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިގު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ސޯދިގް ވިދާޅުވީ ޑައުންޕޭމަންޓްގެ 19000 ރުފިޔާގެ ދެބައިކުޅަ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެ ކަމަށެވެ. އެއީ 9500 ރުފިޔާއެވެ. އަދި ބާކީ 9500 ރުފިޔާ ޖެހިގެން އަންނަމަހު ދެއްކޭނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ފްލެޓް ލިބުނު ފަރާތްތަކާއެކު އެގްރީމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. ޞާދިޤް ވިދާޅުވީ މިހާތަނަށް އައިއިރު އެގްރީމެންޓްގައި ސޮއި ނުކުރެވޭ 90 ފަރާތަކާއެކު އެގްރީމެންޓްގައި ސޮއިކުކުރުމުގެ މަސައްކަތް އާދިއްތަ ދުވަހު އެ ކައުންސިލުން ފަށާނެކަމަށެވެ. އަދި މިމަސް ނިމެންވާއިރަށް ފްލެޓް ލިބުނު ފަރާތްތަކަށް އެ ތަނަށް ވަދެވޭވަރު ވާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

Advertisement

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގި ''ގެދޮރުވެރިކަމުގެ'' ޕްރޮގްރާމް ދަށުން އައްޑޫ ސީޓީގެ އެންމެ ބޮޑު ރަށް ހިތަދޫގައި 268 ފްލެޓް އިމާރާތްކޮށްފައިވާއިރު، ހުޅުދޫގައި 42 ފްލެޓް އިމާރާތްކޮށްފައިވެއެވެ. އޭގެ ތެރެއިން މިހާރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގައި އިމާރާތްކުރި 238 ފްލެޓާއި، ހުޅުދޫގައި އިމާރާތްކުރި 24 ފްލެޓްއެވެ. މި ފްލެޓްތަކަކީ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ.

މި ފްލެޓްތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި 19000 ރުފިޔާ ދައްކަންޖެހޭއިރު، 20 އަހަރަށް ބަހާލައިގެން ކޮންމެ މަހަކު 3550 ރުފިޔާ ދައްކަން ޖެހެއެވެ. އެއީ އިންޝުއަރެންސާއި މެއިންޓެއިނަންސް ހިމަނައިގެންނެވެ.

މި ފްލެޓްތައް އެޅުމުގެ މަސައްކަތް 2013 ވަނަ އަހަރު ފަށާ، އެ މަސައްކަތް ނިންމާލާފައިވަނީ 2018 ވަނަ އަހަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް