ކ. މާލެ
|
16 އޮކްޓޯބަރ 2019 | ބުދަ 09:08
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަން
މޯލްޑިވިއަން
ހަނިމާދޫ-ކޮޗިން ތާވަލު ފްލައިޓުގެ އަގުތައް މޯލްޑިވިއަން އިން ކަނޑައަޅައިފި
ސީދާ ދަތުރުތައް ކޮންމެ ހަފްތާއަކު ތިން ދުވަހު ކުރާނެ
މި މަހުގެ 28 ވަނަ ދުވަހު ސީދާ ދަތުރުތައް ފަށާނެ
އަމާޒަކީ އިތުރު ގިނަ މަންޒިލްތަކަށް ސީދާ ފްލައިޓް ފެށުން

މޯލްޑިވިއަނުން ކޮޗިންއާއި ހަނިމާދުއާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ ތާވަލު ފްލައިޓުގެ އަގުތައް ކަނޑައަޅައި ޢާންމުކޮށްފިއެވެ.

މޯލްޑިވިއަން އިން ބުނީ ހަނިމާދޫއިން ކޮޗިންއަށް އަދި ކޮޗިން އިން ހަނިމާދޫއަށް ދެކޮޅު ޓިކެޓްގެ އަގަކީ 10556 އިންޑިއާ ރުޕީސް ކަމަށެވެ. މިއީ ގާތްގަނޑަކަށް 2274 ދިވެހި ރުފިޔާއެވެ. މާލެއިން ކޮޗިންއަށް އަދި ކޮޗިންއިން މާލެއަށް ދެކޮޅު ޓިކެޓްގެ އަގު އުޅެނީ 9397 އިންޑިއާ ރުޕީސްގައެވެ. އެއީ ގާތްގަނޑަކަށް 2038 ދިވެހި ރުފިޔާއެވެ.

މޯލްޑިވިއަން އިން އަންނަނީ މިމަހުގެ 28 ވަނަ ދުވަހު ހަނިމާދޫއާއި އިންޑިއާގެ ކޮޗިންއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވަމުންނެވެ. އެ އެއަރލައިނުން ކޮންމެ ހަފުތާއަކު 3 ދުވަހު ކޮޗިންއަށް ތާވަލު ދަތުރުތައް ކުރާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މޯލްޑިވިއަން އިން ކޮޗިންއަށް ސީދާ ދަތުރުތައް ފެށުމުގެ މައިގަނޑު ބޭނުމަކީ ބޭސްފަރުވާއަށް ކޮޗިންއަށް ދާ ދިވެހިންނަށާއި، އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއައުމަށް ލުއި ފަސޭހަ ފުރުޞަތުތަކެއް ހޯދައިދިނުންކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

މޯލްޑިވިއަންގެ އަމާޒަކީ އިތުރު މަންޒިލްތަކަށް ސީދާ ފްލައިޓްތައް ފެށުން ކަމަށް އެ އެއަރލައިން އިން ބުނެއެވެ.

މޯލްޑިވިއަން އިން ދަނީ އިންޑިއާގެ ތްރިވަނަންތަޕޫރަމާއި، ޗެންނާއި އަދި ބަންގްލަދޭޝް ފަދަ ގައުމުތަކަށް ދަތުރު ކުރަމުންނެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހާ ވައިގެ ބަނދަރުތަކަށް ވެސް އެ އެއަރލައިނުން ދަތުރުތައް ކުރެއެވެ.

- ކޮމެންޓް
17 އޮކްޓޯބަރ 2019 | ބުރާސްފަތި 08:03
ކައިޒީން
ހުޅުލޭއިން އިންޑިޔާއަށް ދިއުމަށްވުރެ ހަނިމާދޫކޮޅުން އިންޑިޔާއަށް ކުރާދަތުރުގެ ދިގުމިން މާބޮޑުތަނުން ކުޑަ.އެކަމުހަނިމާދޫއިން ކުރާދަތުރުއަގުބޮޑުވާންވީ ސަބަބެއް ހަމައުޅެއުޅެ ނުވިސްނުން.
16 އޮކްޓޯބަރ 2019 | ބުދަ 10:21
ރާއްޖެމީހާ
ކީއްވެ އަގު ބޮޑުވާންވީ؟ މާލެ - ކޮޗިންގ 707 ކިލޯމީޓަރ. ހަނިމާދޫ - ކޮޗިންގ 491 ކިލޯމީޓަރު. ރާއްޖެތެރެވީމަ އަގުބޮޑު. އެކަމު އެންމެ ކައިރީ ހަނިމާދޫއާ......؟