ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 12:10
މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރު
ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު ޢާމްދަނީ 286 މިލިއަނަށް!
މިދިޔަ މަހު އެކްސްޕޯޓްކޮށްފައިވަނީ 166 މިލިއަން ރުފިޔާގެ މުދާ
އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ ޔޫ.އޭ.އީ، ޗައިނާ، އަދި އިންޑިއާ
މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 9 އިންސައްތަ އިތުރު އަދަދެއް

އިމްޕޯޓް އެކްސްޕޯޓުގެ ވިޔަފާރިން 286 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާރވިސް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސް އިން ޢާންމުކުރި ތަފާސާ ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 262 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހު މި ޢަދަދުވަނީ 286 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ މިދިޔައަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު ޢާމްދަނީއާއި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 9 އިންސައްތަ އިތުރު ޢަދަދެކެވެ.

އެކްސްޕޯޓް ކުރެވުނު މުދާ އެފް.އޯ.ބީ އަގަށް ބަލާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި 136 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 166 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 22 އިންސައްތަ އިތުރުވުމެކެވެ. އިމްޕޯޓް ކުރެވުނު މުދާ ސީ.އައި.އެފް އަގަށް ބަލާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 3.7 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މިއަހަރު އެ މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ ޔޫ.އޭ.އީ، ޗައިނާ، އަދި އިންޑިއާއެވެ. ޔޫ.އޭ.އީ އިން 720 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ޗައިނާއިން 703 މިލިއަން އަދި އިންޑިއާ އިން 370 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

- ކޮމެންޓް