ކ. މާލެ
|
12 އޮކްޓޯބަރ 2019 | ހޮނިހިރު 08:24
މަންޓާ އެއަރގެ ދެވަނަ ސީޕްލޭން
މަންޓާ އެއަރގެ ދެވަނަ ސީޕްލޭން
މަންޓާ އެއާ
މަންޓާ އެއަރ
މަންޓާ އެއަރގެ ދެވަނަ ސީޕްލޭން ރާއްޖެ ގެނެސްފި
ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފައިވަނީ ބުދަ ދުވަހު

މަންޓާ އެއަރގެ ދެވަނަ ސީޕްލޭން ހުކުރު ދުވަހު ރާއްޖެ ގެނެސްފިއެވެ.

މަންޓާ އެއަރ އިން މިފަހަރު ވެސް "ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ" މަރުކާގެ ސީ-ޕްލޭނެއް ގެނެސްފައިވާއިރު މި ސީޕްލޭނަކީ 2 ޕައިލެޓާއެކު 15 ޕަސިންޖަރުންގެ ޖާގައިގެ ބޯޓެއްކަމަށް މަންޓާ އެއަރއިން ބުނެއެވެ.

މަންޓާ އެއަރގެ ފުރަތަމަ ސީޕްލޭން ރާއްޖެ ގެނައީ ބުދަ ދުވަހުއެވެ. 19 މީހުންގެ ޖާގައިގެ މި ސީޕްލޭންގައި ލަގޭޖަށް ޖާގަ ބެހެއްޓުމަށްފަހު 15 މީހުންގެ ޖާގަ ލިބޭނެ ކަމަށް މަންޓާ އިން ބުނެއެވެ. އަދި ސީޕްލޭން އޮޕަރޭޓް ކުރުމަށްޓަކައި ދެ ޕައިލެޓުން ތިބޭނެއެވެ.

މަންޓާ އެއަރގެ ޗީފް މާރކެޓިންގ އޮފިސަރ އަޙްމަދު މައުމޫން ވިދާޅުވީ ސީޕްލޭންގެ ޚިދުމަތް މި ފަށަނީ އައު ސަރވިސް ލެވަލްއަކާއެކު ކަމަށާއި ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފިކްސްޑް ޝެޑިއުލެއް އޮންނާނެ ކަމަށެވެ.

ސީޕްލޭންގެ ޚިދުމަތް ނޮވެމްބަރު މަހު ފަށާނެކަން ފާހަގަކޮށް މަންޓާ އިން ބުނީ ޚިދުމަތް ފެށުމުގެ ގޮތުން އެ ކުންފުނިން އިންޓަރިމް ޓާރމިނަލެއް ޤާއިމްކޮށްފައިވާނެ ކަމަށެވެ.

މަންޓާ އެއަރ އިން ޖުމްލަ 10 ސީޕްލޭން ގެނައުމަށް ހަމަޖެހިފައިވާއިރު މި އަހަރު ނިމުމުގެ ކުރިން 7 ސީޕްލޭން ރާއްޖެ ގެންނާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މަންޓާ އެއަރގެ ވައިގެ ދަތުރުފަތުރުގެ ޚިދްމަތް ފެށީ މީގެ 7 މަސް ކުރިންނެވެ.

- ކޮމެންޓް