ކ. މާލެ
|
8 އޮކްޓޯބަރ 2019 | އަންގާރަ 00:03
ކްރޭޒީ ރޭސްގެ ޕޯސްޓަރ
ކްރޭޒީ ރޭސްގެ ޕޯސްޓަރ
އުރީދޫ
ކްރޭޒީ ރޭސް
އަގުހުރި އިނާމުތަކާއެކު އުރީދޫ އިން ކްރޭޒީ ރޭސް ލޯންޗުކޮށްފި
މި މުބާރާތް ކުރިއަށްދާނީ ތިން މަސް ދުވަހަށް

އުރީދޫ މޯލްޑިވްސް އިން ކްރޭޒީ ރޭސްގެ ނަމުގައި އެސްއެމްއެސް މުބާރާތެއް ތަޢާރަފުކޮށްފިއެވެ.

މި މުބާރާތުގެ ބައިވެރިންނަށް ލިބިގެންދާ އިނާމުތަކުގެ ތެރޭގައި ސެމްސަންގ ބަޑްސް، އެޕަލް އެއަރޕޮޑް، ގެލެކްސީ ވޮޗް، އެޕަލް ވޮޗް، ސެމްސަންގް ގެލެކްސީ އެސް 10 އަދި ގްރޭންޑް ޕްރައިޒް އެއްގެ ގޮތުގައި ޖެޓްސްކީ އެއްވެސް ހިމެނެއެވެ.

ކްރޭޒީ ރޭސްގެ ކުޅުންތެރިން ކުރަންޖެހޭ ކަމަކީ، ކުރާ ތަފާތު ސުވާލުތަކަށް ވީހާވެސް އަވަހަކަށް ޖަވާބު ދީގެން ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. މިގޮތުން ސުވާލުތަކަށް ޖަވާބުދޭ ސްޕީޑް އަވަސްވާ ވަރަކަށް، ލިބޭ ޕޮއިންޓުވެސް އިތުރުވާނެއެވެ. އެކި ލެވެލް ތަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި ސުވާލު މުބާރާތުގައި ކުރާނީ ކާރު، ރޭސިންގ އަދި ބައިކިންނާއި ބެހޭ ތަފާތު ސުވާލުތައް ކަމަށް އުރީދޫއިން ބުނެއެވެ.

ތިން މަސް ދުވަހަށް ކުރިއަށްދާ މި އެސްއެމްއެސް ސުވާލު މުބާރާތުގައި ބައިވެރިވުމަށް، “GO”ޖެއްސެވުމަށް ފަހު 4242 އަށް އެސް.އެމް.އެސް ކުރުމުން ބައިވެރިވެވޭނެއެވެ.

ކޮންމެ ހަފުތާއަކު ލިބޭ އިނާމުތަކުގެ ތެރޭގައި ސެމްސަންގ ގެލެކްސީ ބަޑްސް، އެޕަލް އެއަރޕޮޑް، ސެމްސަންގ ގެލެކްސީ ވޮޗް، އެޕަލް ވޮޗް ހިމެނެއެވެ. ކޮންމެ މަހެއްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ސެމްސަންގ ގެލެކްސީ އެސް 10 (128 ޖީބީ) ލިބިގެންދާއިރު ގްރޭންޑް ޕްރައިޒްގެ ގޮތުގައި ޖެޓް ސްކީއެއް ލިބިގެންދާނެއެވެ.

ކްރޭޒީ ރޭސް މެދުވެރިކޮށް ކޮންމެ ހަފްތާއަކު ދޭ އިނާމުތައް ލިބޭނީ، ބައިވެރިންގެ ތެރެއިން ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށެވެ. އެގޮތުން، އެ ކުޅުންތެރިއެއްގެ ސްކޯ އިތުރު ވާވަރަކަށް، ގުރުއަތުން މޮޅުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.

- ކޮމެންޓް