ކ. މާލެ
|
1 އޮކްޓޯބަރ 2019 | އަންގާރަ 17:36
މެގަ އޭސީ ސޭލް
މެގަ އޭސީ ސޭލް
ރެޑްވޭވް
ރެޑްވޭވް
މެގަ އޭސީ ސޭލް ރެޑްވޭވް އިން ފަށައިފި
އެސީ ގަންނަ ފަރާތްތަކަށް އޮކްޓޯބަރު މަހުގެ 15 ގެ ނިޔަލަށް ހިލޭ އިންސްޓޮލޭޝަން ލިބިގެންދާނެ

މެގަ އޭސީ ސޭލް ރެޑްވޭވް އިން ފަށައިފިއެވެ.

ރެޑްވޭވުން ގަލަންޒް ބްރޭންޑުގެ އިންވާޓާރ އޭސީ ރާއްޖޭގެ މާރކެޓަށް ތައާރަފްކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ގަލަންޒް ތައާރަފްކުރުމާއެކު، ހުރިހާ އޭސީއަކުން އަގުތައް ހެޔޮވެގެންދާނެ ކަމަށް ރެޑްވޭވް އިން ބުނެއެވެ.

ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވަނީ ގަލަންޒް ގެ އާރކަސް ސީރީސްގެ L71 އެވެ. އެގޮތުން މި އޭސީއަކީ 3ޑީ ޑީސީ އިންވާޓާރ ޓެކްނޮލޮޖީ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ، ވަރަށް ބޮޑުތަނުން ޚަރަދުކުޑަ އޭސީއެކެވެ. ގަލަންޒް އިންވާޓަރ އޭސީގައި ހިމެނެނީ، ޖަޕާނު ޓެކްނޮލޮޖީގެ ކޮންޕްރެސަރެކެވެ. ތިމާވެއްޓާއި ރައްޓެހިވާނޭ ފަދައިން ފަރުމާ ކުރެވިފައިވާ މި އޭސީ އަކީ އަޑު އެހާމެ މަޑު އަދި އަވަހަށް ފިނިކޮށްދިނުމުގެ ޤާބިލްކަން (ޓާރބޯ ކްލީނިންގް) ލިބިފައިވާ އޭސީއެކެވެ.

ރެޑްވޭވުން ގަލަންޒް ބްރޭންޑްގެ ތިން ސައިޒެއްގެ އޭސީ ވަރަށް ހާއްސަ އަގެއްގައި ލިބޭނެ ކަމަށް އެ ފަރާތުން ބުނެއެވެ. އެގޮތުން 9000 ބީޓީޔޫގެ އިންވާޓާރ އޭސީ 4،840ރ އަށް 12000 ބީޓީޔޫގެ އިންވާޓާރ އޭސީ 5،890ރ އަށް އަދި 18000 ބީޓީޔޫގެ އިންވާޓާރ އޭސީ 7،890ރ އަށް ލިބޭނެއެވެ.

ގަލަންޒް އިންވާޓާރ އޭސީ ރެޑްވޭވުން ލިބޭނީ އެއްއަހަރު ދުވަހުގެ ވޮރަންޓީ އާއި އެކުގައެވެ. އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އުޅޭ ކަސްޓަމަރުންނަށް ހިލޭ އިންސްޓޮލޭޝަން (އިންސްޓޮލޭޝަން ކިޓުގައިވާ ސާމާނުން) ލިބޭނެއެވެ. ހިލޭ އިންސްޓޮލޭޝަން އަންގާރަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 15 އާއި ހަމައަށް ގަލަންޒް އޭސީ ގަންނަ ކޮންމެ ކަސްޓަމަރަކަށް ލިބިގެން ދާނެއެވެ.

ގަލަންޒް އޭސީ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމް.އެފް.އެލްސީ އަދި ބީއެމްއެލް އިސްލާމިކްގެ ކްރެޑިޓް ސްކީމްގެ ދަށުންވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. ރެޑްވޭވްގެ އަމާޒަކީ އޭސީ ގަތުމުގައި ކަސްޓަމަރުން ގެންގުޅޭ "އަގު ހެޔޮ ވުމަކީ ކޮލިޓީ ދައްވުން" ކަމުގައި ދެކޭވިސްނުން ބަދަލުކޮށް، ކޮލިޓީ ބްރޭންޑެއް ހެޔޮއަގުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.

ގަލަންޒް ގްރޫޕަކީ އިލެކްޓްރޯނިކްސް އުފެއްދުމުގައި 40 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ.

- ކޮމެންޓް