ކ. މާލެ
|
28 ސެޕްޓެންބަރ 2019 | ހޮނިހިރު 07:58
މި ކައިޓް ފެސްޓިވަލް މި މަހުގެ 28 ވަނަ ދުވަހު ފަށާނެ
މި ކައިޓް ފެސްޓިވަލް މި މަހުގެ 28 ވަނަ ދުވަހު ފަށާނެ
ޓްވިޓަރ
ކައިޓް ފެސްޓިވަލް
އިންޓަރނޭޝަނަލް ކައިޓް ފެސްޓިވަލެއް ބާއްވަނީ
މި ކައިޓް ފެސްޓިވަލް މި މަހުގެ 28 ވަނަ ދުވަހު ފަށާނެ

ކޮކޫން މޯލްޑިވްސް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގުޅިގެން އިންޓަރނޭޝަނަލް ކައިޓް ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.

މި ކައިޓް ފެސްޓިވަލް މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަރަކާތުގައި ދުނިޔޭގެ ނަން މަޝްހޫރު ކައިޓް ޗެމްޕިއަނުން ބައިވެރިވާނެއެވެ. އެގޮތުން އިޓަލީއަށް ނިސްބަތްވާ އެޑީ އެންޖަލީނޯ، ބްރެޒިލްއަށް ނިސްބަތްވާ ގިލްހާރމް ލިނަރެސް އަދި ޗައިނާއަށް ނިސްބަތްވާ ޑެނިއަލް ބައިވެރިވާނެއެވެ.

ދެ ދުވަހުގެ މުއްދަތަކަށް މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު ފުރަތަމަ އިވެންޓް އޮންނާނީ ސެޕްޓެމްބަރު 28 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4 އަކުން 6 އަކަށް މާލޭގެ އެކުވެނި ކްރިކެޓް ސްޓޭޑިއަމްގައެވެ. ދެވަނަ އިވެންޓް އޮންނާނީ އޮކްޓޯބަރު 4 ވަނަ ދުވަހު ޅ. ހިންނަވަރުގައެވެ.

ގުޑިއެރުވުމުގައި ދުނިޔެއަށް މަޝްހޫރު ފަންނާނުންގެ ހުނަރުތަކާއި އެތުރުންތައް ފެނިގެންދާ މި ހަރަކާތްތައް ބަލަން ޒިޔާރަތް ކުރީ މީހުންނަށް ހަދިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތްތަކަށް ކޮކޫން މޯލްޑިވްސްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން ކޮކޫން މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ފަރާތްތަކަށް ހާއްސަކޮށްގެން ސެޕްޓެމްބަރު 28 އިން އޮކްޓޯބަރު 3 ވަނަ ދުވަހުގެ ނިޔަލަށް ކައިޓް އެގްޒިބިޝަނެއް ވެސް ކުރިއަށް ގެންދާނެއެވެ. އަދި އެ ދުވަސްތަކުގައި ފަތުރުވެރިންނަށް ގުޑިއެރުވުމުގެ ހުނަރުތައް ކައިޓް ޗެމްޕިއަނުން ކައިރިން ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮކޫން މޯލްޑިވްސްގެ ފަރާތުން މިދިޔަ އަހަރު ވެސް ވަނީ އިންޓަރނޭޝަނަލް ކައިޓް ފެސްޓިވަލެއް ބާއްވާފައެވެ.

- ކޮމެންޓް