ކ. މާލެ
|
22 ސެޕްޓެންބަރ 2019 | އާދީއްތަ 09:55
އިންޑިއާގެ ކޯޕަރޭޓް ޓެކްސް ކުރިން ހުރީ 30 އިންސައްތައިގަ އެވެ.
އިންޑިއާގެ ކޯޕަރޭޓް ޓެކްސް ކުރިން ހުރީ 30 އިންސައްތައިގަ އެވެ.
އެރަބް ނިއުސް
އިންޑިއާ
އިންޑިއާއިން ކޯޕަރޭޓް ޓެކްސް 25.75 އިންސައްތަ އަށް ދަށަށް ޖައްސައިފި
މީ އިންޑިއާގެ އިގްތިސާދު ރަނގަޅު ކުރުމަށް އެޅި ފިޔަވަޅެއް
އިންޑިއާ އަކީ އޭޝިއާގެ އެންމެ ބޮޑު ތިން އިގްތިސާދިގެ ތެރެއިން އެއް އިގްތިސާދު
މި ފިޔަވަޅު ތަކަކީ އޭޝިއާގެ އެހެން ގައުމުތަކާއި އެއް ފަންތީގެ ފިޔަވަޅު ތަކެއް

އިންޑިއާއިން ކޯޕަރޭޓް ޓެކްސް 30 އިންސައްތަ އިން 25.75 އިންސައްތައަށް ދަށައް ޖައްސައިފިއެވެ.

ކޯޕަރޭޓް ޓެކްސް ނަގާ މިންވަރު ދަށްކޮށްފައިވަނީ، އިންޑިއާގެ ދުވެލި މަޑުވަމުން އަންނަ އިގްތިސާދު ކުރިއެރުވުމަށް އިންވެސްޓްމަންޓްތައް އިތުރު ކުރުމަށެވެ.

އިންޑިއާގެ ފިނޭންސް މިނިސްޓަރ ނިރްމަލާ ސިތަރަމަން ވަނީ އިންޑިއާގެ އިގްތިސާދު ރަނގަޅު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަންފަށައިފާ ވާކަމަށް އިއުލާން ކޮށްފައެވެ. އިންޑީއާ ސަރުކާރުން ވަނީ "މިނިމަމް އަލްޓަނޭޓިވް ޓެކްސް ފޮރ ޑޮމެސްޓިކް ކޮމްޕެނީޒް" ވެސް ދަށަށް ޖައްސާފައެވެ.

އިންޑިއާ އަކީ އޭޝިއާގެ އެންމެ ބޮޑު ތިން އިގްތިސާދުގެ ތެރެއިން އެއް އިގްތިސާދެވެ. އިންޑިއާ ސަރުކާރުން އެޅި އައު ފިޔަވަޅު ތަކަކީ އޭޝިއާގެ އެހެން ގައުމުތަކާއި އެއް ފަންތީގެ ފިޔަވަޅު ތަކެއް ކަމަށް މިނިސްޓަރ ސިތަރަމަން ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުގެ މި ނިންމުމަށް އެ ގައުމުގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެމީހުން ބުނަމުން ދަނީ ޓެކްސް ދައްކަން ޖެހޭ އަދަދަށް ގެނައި މި ބަދަލާ އެކު އިންޑިއާގެ ފަގީރުންނާއި މުސައްދިންނާއި ދެމެދު އޮންނަ ފަރަގު އިތުރަށް ފުޅާވެގެން ދާނެ ކަމުގައެވެ.

- ކޮމެންޓް