ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 16:31
ޕްރޮމޯޝަންގެ މައުލޫމާތު ދިނުމަށް އާދިއްތަ ދުވަހު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތު
ޕްރޮމޯޝަންގެ މައުލޫމާތު ދިނުމަށް އާދިއްތަ ދުވަހު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތު
ރާއްޖެއެމްވީ
ދިރާގު
ދިރާގު ޓީވީއަށް ސަބްސްކްރައިބް ކޮށްގެން ޑިސްނީ ލޭންޑަށް ދިއުމުގެ ފުރުސަތު !
 
ޑިޒްނީ ޗެނަލްތައް ތައާރަފް ކޮށްފައިވަނީ 2017 ވަނަ އަހަރު
 
މިއީ ލަކީޑްރޯއެއްގެ ގޮތުގައި ހިނގަމުންދާނެ ކެމްޕެއިންއެއް
 
ކުރިއަށް އޮތް ތަނުގައިވެސް ކޮންޓެންޓް އިތުރުކުރާނެ

ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ދިރާގުގެ ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްގެން ޑިސްނީ ލޭންޑަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޮވެމްބަރު މަހުގެ ނިޔަލަށް ހުޅުވާލި މި ޕްރޮމޯޝަންގެ މައުލޫމާތު ދިނުމަށް އާދިއްތަ ދުވަހު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ދިރާގުގެ ކޮންޓެންޓް މާރކެޓިންގ އެގްޒެކެޓިވް ސުމާ މުނީރު ވިދާޅުވީ، ދިރާގު ޓީވީގައި ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، މިއީ ލަކީޑްރޯއެއްގެ ގޮތުގައި ހިނގަމުންދާނެ ކެމްޕެއިންއެއް ކަމަށެވެ.

އެގޮތުން މިހާރު ދިރާގު ޓިވީ ބޭނުންކުރައްވާ ފަރާތްތަކާއި، އަލަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށްވެސް ލަކީޑްރޯގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، ލަކީޑްރޯ އިން ގުރުއަތުން ހޮވޭ ފަރާތަކަށް ޝެންހާއިގެ ދެކޮޅު ޓިކެޓާއި، އެކޮމޮޑޭޝަނާއި، 1 ދުވަހަށް ޑިސްނީ ލޭންޑަށް ދިއުމުގެ 4 ފާސް ލިބިގެންދާނެއެވެ.

ދިރާގުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ދިރާގު ޓީވީ މެދުވެރިކޮށް ޑިޒްނީ ޗެނަލްތައް ތައާރަފް ކޮށްފައިވަނީ 2017 ވަނަ އަހަރުގައެވެ. އެގޮތުން އޭރު ދިރާގުން ވަނީ ޑިޒްނީ ޗެނަލް، ޑިޒްނީ އިންޓަނޭޝަނަލް އެޗްޑީ، ޑިޒްނީ ޖޫނިއަރ އަދި ޑިޒްނީ އެކްސްޑީ ޗެނަލް ތައާރަފް ކޮށްފައެވެ. ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ހަސަން ޝާރިހު ވިދާޅުވީ، މި ލަކީޑްރޯއަކީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ލަކީޑްރޯއެއް ކަމަށެވެ.

ކޮންމެ ކުޑަކުއްޖެއްގެވެސް އުއްމީދަކަށް އެބަވޭ ޑިޒްނީ ލޭންޑަށް ގޮސްލުން، އެހެންވީމާ އަޅުގަނޑުމެން ދިރާގު ޓީވީ މެދުވެރިކޮށް މި ހުވަފެން ހަޤީޤަތަށް ހަދައި ދިނުމަށް އަޅުގަނޑުމެން ދިރާގު ޓީވީ މެދުވެރިކޮށް ކުރާ މަސައްކަތެއް މި ޕްރޮމޯޝަނަކީ، މި ޕްރޮމޯޝަނުން އަޅުގަނޑުމެން މި ދެނީ އާއިލާއާއި އެކީގައި ޑިޒްނީ ލޭންޑަށް ދިއުމުގެ ފުރުސަތު،
ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ހަސަން ޝާރިހު

އޭގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ކޮންޓެންޓް އިތުރުކޮށް، އިތުރު ޕްރޮމޯޝަންތަކާއި ޕެކޭޖްތައް ތައާރަފްކުރާނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
50%
0%
0%
0%
50%
0%
ކޮމެންޓް