ކ. މާލެ
|
15 ސެޕްޓެންބަރ 2019 | އާދީއްތަ 12:44
ސްނިކާސްއަށް ނަން ބަދަލުކޮށްފައިވަނީ ބައިނަލަޤްވާމީ ގޮތުން މި ބްރޭންޑް އެއްހަމައެއްގައި ހިފެހެއްޓުމަށް
ސްނިކާސްއަށް ނަން ބަދަލުކޮށްފައިވަނީ ބައިނަލަޤްވާމީ ގޮތުން މި ބްރޭންޑް އެއްހަމައެއްގައި ހިފެހެއްޓުމަށް
ޑެއިލީ މެއިލް
ސްނިކާސް
ސްނިކާސް އިން 30 އަހަރު ކުރިން ބޭނުންކުރި މެރެތަންގެ ނަން އަލުން އަނބުރާ އެ ޗޮކްލެޓަށް
4 ޗޮކްލެޓްގެ ޕެކެއް 1 ޕައުންޑަށް ލިބިގެންދާނެ
މި ނަމުގައި ތިން މަސް ވަންދެން ޗޮކްލެޓް ވިއްކާނެ

ސްނިކާސް އިން 30 އަހަރު ކުރިން ބޭނުންކުރި މެރެތަންގެ ނަން އަލުން އަނބުރާ އެ ޗޮކްލެޓަށް ދޭން ޗޮކްލެޓް އުފައްދާ ކުންފުނި ޗޮކްލެޓް ކޮމްޕެނީ މާސް އިން ނިންމައިފިއެވެ.

މެރެތަންގެ ނަމުގައި އެ ޗޮކްލެޓް ވިއްކުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ސުޕަރމާކެޓަށް ކަމަށްވާ މޮރީސަންސްގައެވެ. 1990 ގައި އަހަރުތަކުގައި މި ޗޮކްލެޓް ލިބެންހުރި އަގުގައި، ހަތަރު ޗޮކްލެޓްގެ ޕެކެއް އެއް ޕައުންޑަށް ލިބިގެންދާނެއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން މި ޗޮކްލެޓް މެރެތަންގެ ނަމުގައި ތިން މަސް ދުވަހަށް ވިއްކުމަށްފަހު، އަލުން އަނބުރާ ނަން ސްނިކާސްއަށް ބަދަލުވެގެންދާނެއެވެ.

ޗޮކްލެޓް ކޮމްޕެނީ މާސް އިން އުފައްދާ މި ޗޮކްލެޓަށް ކުރިން މެރެތަންގެ ނަމުން ނަން ދެވިފައިވީ ނަމަވެސް އެ ނަން ސްނިކާސް އަށް ބަދަލުކޮށްފައިވަނީ ބައިނަލަޤްވާމީ ގޮތުން މި ބްރޭންޑް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައެވެ.

މުޅި ދުނިޔޭގެ 2004 ވަނަ އަހަރުގެ ސޭލްސްގެ ގޮތުގައި ސްނިކާސްގެ ވިޔަފާރީއަށް ވަނީ ދެ ބިލިއަން ޑޮލަރު ލިބިފައެވެ.

- ކޮމެންޓް