ކ. މާލެ
|
13 ސެޕްޓެންބަރ 2019 | ހުކުރު 16:10
އެފްޓީއައިއަކީ ޖަރުމަންގެ ހަތަރު ވަނައަށް އެންމެ ބޮޑު ޓުއަރ އޮޕަރޭޓަރސް ކުންފުނި
އެފްޓީއައިއަކީ ޖަރުމަންގެ ހަތަރު ވަނައަށް އެންމެ ބޮޑު ޓުއަރ އޮޕަރޭޓަރސް ކުންފުނި
އެފްޓީއައި ޓޫރިސަޓިކް ޓްރެވަލް އެޖެންޓް ވިޒިޓް
އެފްޓީއައި ޓޫރިސަޓިކް ޓްރެވަލް އެޖެންޓް ވިޒިޓް 2019 ފަށައިފި
މި ހަރަކާތުގައި ޔޫރަޕްގެ އެކި ކަނކޮޅުތަކުން 100 އެއް ހާ ޓުއާރ އެޖެންޓުން ބައިވެރިވާނެ
މީގެ ސަބަބުން ރާއްޖެ އަންނަ ޖަރުމަނު ފަތުރުވެރިން އިތުރުވެގެން ދާނެ
މި ހަރަކާތުގައި އެޖެންޓުން އަދާރަންގެ ހަތް ރިސޯޓްގެ އިތުރުން އާންމުން ދިރިއުޅޭ ރަށަކަށް ޒިޔާރަތް ކުރާނެ

އެފްޓީއައި އާއި އަދާރަން ގުޅިގެން އެފްޓީއައި ޓޫރިސަޓިކް ޓްރެވަލް އެޖެންޓް ވިޒިޓް 2019 ފަށައިފި އެވެ.

ޖަރުމަނުގެ ހަތަރު ވަނައަށް އެންމެ ބޮޑު ޓުއަރ އޮޕަރޭޓަރސް ކުންފުނި އެފްޓީއިއި އާއިއެކު ފެށި މި ހަރަކާތް ފައްޓާފައިވަނީ ބުރާސްފަރި ދުވަހު މިކަމަށް ހާއްސަކޮށް އަދާރަން ސެލެކްޓް ހުދުރަންފުށީގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން، އެފްޓީއައިގެ އިންޑިއަން އޯޝަން އަދި ލެޓިން އެމެރިކާގެ ގްރޫޕް ހެޑް ޕައުލް ހެއިމޯ ވިދާޅުވީ މި ހަރަކާޓުގައި ޔޫރަޕްގެ އެކި ކަނކޮޅުތަކުން 100 އެއްހާ ޓުއާރ އެޖެންޓުން ބައިވެރިވާނެ ކަމުގައެވެ. މިއީ ޖަރުމަނަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުކުރުމުގެގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި މި ހަރަކާތުގައި ބައވެރިވާ ކޮންމެ ފަރާތެއްވެސް ގައުމަށް އެނބުރި ދިއުމަށްފަހު ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރާނެ ކަމަށް ޕައުލް ވިދާޅުވި އެވެ.

ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްކަމަށްވާ ހޮވާޑް ބްރޮހިއަރ ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި މީގެ އިތުރު ހަރަކާތްތައް މުސްތަގުބަލުގައި ކުރިއަށް ދާނެ ކަމުގައެވެ. ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓުކަމަށާއި މީގެ ސަބަބުން ރާއްޖެ އަންނަ ޖަރުމަނު ފަތުރުވެރިން އިތުރުވެގެން ދާނެ ކަމުގައެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން އަދާރަން އިން ބުނީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އަދާރަން އިން އިސްނަގައިގެން ފެށި މި ހަރަކާތަކީ މިފަދަ ކަންތައްތަކުގެ ފެށުމެއް ކަމުގައެވެ.

މި ހަރަކާތުގެ ދަށުން ރާއްޖެ ޒިޔާރަތްކުރި އެޖެންޓުން ވަނީ އެމީހުން ރާއްޖެ އައީ މާބޮޑު އުންމީދެއް ކޮށްގެން ނޫންކަމަށާއި އެހެން ނަމަވެސް ހީކުރި ވަރަށް ވުރެ ގިނަ ވަސީލަތްތަކާއި ހަރަކަތްތައް ރާއްޖެގައި އެނބަހުރި ކަމުގައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން މިގޮތަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެން ދިއުމާއެކު، ރާއްޖެ އިޝްތިހާރު ކުރުމަށް ފަސޭހަވެގެން ދާނެކަމުގައެވެ.

ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ދާ މި ހަރަކާތުގައި، ޓްރެވަލް އެޖެންޓުން އަދާރަންގެ ހުދުރަންފުށީގެ އިތުން އަދާރަން ކްލަބް ރަނާލީ، އަދާރަން ވާދޫ، އަދާރަން ސެލެކްޓް މީދުއްޕަރު، އަދާރަން ޕްރިސްޓީޖް ވޮޓާ ވިލާސް، އަދާރަން ޕްރިސްޓީޖް އޯޝަން ވިލާސް އަދި އާންމުން ދިރިއުޅޭ ރަށަކަށް ޒިޔާރަތް ކުރާނެއެވެ.

- ކޮމެންޓް