ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 15:37
ހުޅުމާލޭގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް
ހުޅުމާލޭގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް
ބީއެމްއެލް
ބީއެމްއެލް
ބީއެމްއެލް އިން ހުޅުމާލޭގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފި
ބީއެމްއެލް އިން އަންނަނީ ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދެއްގައި 7 އެޓީއެމް މެދުވެރިކޮށް ޚިދުމަތް ދެމުން

ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލޭގެ ރެނާޓަސް އިތާމުތް ބިލްޑިންގ ގައި ޔޫއެސް ޑޮލަރަށް ޚާއްސަ އޭޓީއެމްއެއް ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ.

އާބާދީ އާއި ވިޔަފާރީގެ ގޮތުން ހަލުވި ކަމާއެކު ކުރިއަރަމުންދާ ހުޅުމާލޭގައި މި ގާއިމް ކުރެވުނު އޭޓީއެމް އަކީ ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތްތައް ހުޅުމާލެއަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވުނު އޭޓީއެމް އެކެވެ. މިއާއެކު ބީއެމްއެލް އިން އަންނަނީ ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދެއްގައި 7 އެޓީއެމް މެދުވެރިކޮށް ޚިދުމަތް ދެމުންނެވެ.

މި އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފަރ ގެ ޚިދުމަތްވެސް ހޯދޭނެއެވެ. މި އޭޓީއެމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ބީއެމްއެމް ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ އެވެ.

މި ޚިދުމަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާރ ވިދާޅުވީ މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ތަޢާރަފްކުރި ދުވަހުން ފެށިގެން މި ޚިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މިދިޔަ އަހަރެއްހާ ދުވަސްތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވާ ކަމަށާއި އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 47 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 110 އޭޓީއެމް، 5500 ޕީއޯއެސް މަރޗަންޓުން، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

- ކޮމެންޓް