ކ. މާލެ
|
12 ސެޕްޓެންބަރ 2019 | ބުރާސްފަތި 08:44
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންނާ އެކު ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕާޓްނަރުންނާ އެކު ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން
އެލީޒް ފޮޓޯގްރަފީ
ޓްރެވަލް އެވޯޑްސް
ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަނަށް ނޮމިނޭޓްވި ފަރާތްތައް އިއުލާންކޮށްފި
ގެސްޓްހައުސް އެވޯޑަށް 14 ކެޓަގަރީއަކުން 96 ފަރާތެއް ވަނީ ނޮމިނޭޓްވެފައި

މަޓާޓޯއިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ޓެރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަނަށް ނޮމިނޭޓްވި ފަރާތްތައް އިއުލާންކޮށްފިއެވެ.

މިއަހަރުގެ ގެސްޓްހައުސް އެވޯޑަށް 14 ކެޓަގަރީއަކުން 96 ފަރާތެއް ވަނީ ނޮމިނޭޓްވެފައިވާއިރު މިއަހަރުގެ ގެސްޓްހައުސް އެޑިޝަންއަށް ރާއްޖޭގެ 65 ގެސްޓްހައުސް ވަނީ ނޮމިނޭޓްވެފައިވެއެވެ.

ޓުއަރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ޖަމިއްޔާ، މަޓާޓޯއިން އިންތިޒާމް ކޮށްގެން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާ އެކު ބާއްވާ އެވޯޑް ހަފުލާއެކެވެ

މި އެވޯޑުގެ އެޑިޝަންތަކުގެ ތެރޭގައި ގެސްޓްހައުސް އެޑިޝަން، ގާލާ އެޑިޝަން އަދި ޕީޕަލްސް އެޑިޝަން ހިމެނެއެވެ. މިއީ މަޓާޓޯ އިން 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެވޯޑެކެވެ.

- ކޮމެންޓް