ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 10:11
މި ދާރުލް އާސާރަށް 48،000 އަށް ވުރެ ގިނަ އާސާރީ ތަކެތި ވަނީ ގެންގޮސްފަ
މި ދާރުލް އާސާރަށް 48،000 އަށް ވުރެ ގިނަ އާސާރީ ތަކެތި ވަނީ ގެންގޮސްފަ
އެރަބް ނިއުސް
މިސްރު
މިސްރުން "ގްރޭންޑް އިޖިޕްޓަން މިއުޒިއަމް" އާ ބެހޭގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފި
ދާރުލްއާސާރު އިމާރަތްކުރަން ފަށައިފާވަނީ 2006 ވަނަ އަހަރު
އިމާރާތްކޮށްނިންމައި ދާރުލްއާސާރު ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅު
ދާރުލްއާސާރުގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވުމަށް ހަމަޖެހުފައި އޮތީ 2015 ވަނަ އަހަރު

މިސްރުގެ އެންޓިކިއުޓީސް މިނިސްޓަރ، ހާލިދް އަލް އަނާނީ އެގައުމުގެ "ގްރޭންޑް އިޖިޕްޓަން މިއުޒިއަމް" ހުޅުވުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ޖަޕާނުގެ ސަފީރު މަސަކީ ނޮކެއާ ބައްދަލުކުރައްވައިފި އެވެ.

2006 ވަނަ އަހަރު އިމާރާތްކުރުމަށް ފެށި މި ދާރުލްއާސާރު އިމާރާތްކޮށްނިންމައި ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅުއެވެ.

މި ބައްދަލުކުރެއްވުމުގައި ޖަޕާންގެ ސަފީރުގެ އިތުރުން ޖަޕާން އެމްބަސީގެ ޑެލެގޭޝަން ޓީމަކާ ޖަޕާން އިންޓަރނޭޝަނަލް ކޯރޕޮރޭޝަން އެޖެންސީން ބައިވެރިވެވަޑައިގަތެވެ.

ބައްދަލުކުރެއްވުމުުގެ ބައިވެރިންވަނީ މިއުޒިއަމް ހިންގުމަށް ބޭނުންވާ ޓެކްނިކަލް އެސިސްޓެންޓް، ދެ ލޯނު އެކުލެވޭ ޕާރޓްނާޝިޕެއްގެ ދަށުން ޖަޕާނަށް ފޯރުކޮށްދެވޭނެ ގޮތާމެދު މަޝްވަރާކުރައްވާފައެވެ. މި ދެ ލޯނުގެ އަގު 740 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އަދި މި މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ ޖަޕާނުން މިސްރަށް ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 1.5 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ.

ގްރޭންޑް އިޖިޕްޓަން މިއުޒިއަމްގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވުމަށް ހަމަޖެހުފައި އޮތީ 2015 ވަނަ އަހަރުއެވެ، އެހެންނަމަވެސް އެ ގައުމުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގައުމުގެ ފަތުރުވެރިކަން ދަށަށް ދިއުމުގެ ސަބަބުން ދާރުލްއާސާރުގެ މަސައްކަތަށް ހުއްޓުންއެރިއެވެ.

48،000 އަަށް ވުރެ ގިނަ އާސާރީ ތަކެތި ދާރުލްއާސާރަށް މިހާރު ބަދަލުކުރެވިފައިވާއިރު ޖަޕާނުން ދަނީ ގެއްލުން ލިބިފަހުރި ތަކެތި މަރާމާތުކުރުމަށް އެހީތެރިވެދެމުންނެވެ. އަދި ދާރުލްއާސާރުގެ ތަކެތި ޑިސްޕްލޭ ކުރުމަށް އެގައުމުން ދަނީ "ސްޓޭޓް އޮފް ދަ އާރޓް ޓެކްނޮލޮޖީ" ފޯރުކޮށްދެމުންނެވެ.

މިސްރުގެ އާކިއޮލޮޖިސްޓެއް ކަމަށްވާ އަހްމަދު ނާބިހް ވަނީ ޖަޕާނުގެ އެހީގެ ސަބަބުން ދާރުލްއާސާރުގެ މަސައްކަތް އަވަސްވެގެން ދިޔަކަމަށް ބުނެފައެވެ. އަދި މި ދާރުލްއާސާރު ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލަކަށް ވެގެންދާނެކަމަށް އެނާ ބުންޏެވެ.

މިސްރުގެ އިކޮނޮމިކް އެފެއަރސްގެ ނޫސްވެރިއެއް ކަމަށްވާ އަމީރާ ގަދް ވަނީ ޖަޕާނުން ނަގާ އިތުރު ދެލޯނާ އެކު މިހާރުވެސް އެއް ޓްރްލިއަނަށް ވުރެ މައްޗަށް އަރާފައިވާ އެ ގައުމުގެ ދަރަނީގެ އަދައު އިތުރަށް އުފުލިގެންދާނެ ކަމުގައެވެ. އެހެން ނަމަވެސް ދާރުލްއާސާރުން ނެގޭ ފީ އިން ދެ ލޯނު ދައްކާ ހަލާސްކުރުމަށްފަހު ފައިދާ ލިބޭނެކަމަށް ވެސް އޭނާ ބުންޏެވެ.

- ކޮމެންޓް