ކ. މާލެ
|
8 ސެޕްޓެންބަރ 2019 | އާދީއްތަ 18:07
ބްރިޓިޝް އެއަރލައިން އިން ބުނަނީ މިހާރުވެސް އެ ކުންފުނީގެ ޕައިލެޓުންނަށްދޭ މުސާރަ އަކީ \"ވޯލްޑް ކްލާސް\" މުސާރަ ކަމަށް
ބްރިޓިޝް އެއަރލައިން އިން ބުނަނީ މިހާރުވެސް އެ ކުންފުނީގެ ޕައިލެޓުންނަށްދޭ މުސާރަ އަކީ "ވޯލްޑް ކްލާސް" މުސާރަ ކަމަށް
ބީބީސީ
ބްރިޓިޝް އެއަރވޭސް
ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުން ދެ ދުވަހުގެ ހަޅުތާލެއް ކުރަނީ
ޕައިލެޓުން ހަޅުތާލު ކުރާނީ ހޯމަ އަދި އަންގާރަ ދުވަހު
ބްރިޓިޝް އެއަރވޭސްގެ ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްވެފަ
ހަޅުތާލުގެ ސަބަބުން އާދިއްތަ ދުވަހު އަދި ބުދަ ދުވަހުގެ ފްލައިޓްތަކަށް ވެސް އަސަރުކުރާނެ

ބްރިޓިޝް އެއަރވޭސްގެ ޕައިލެޓުން ލިބޭ މުސާރައާމެދު ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ދެ ދުވަހުގެ ހަޅުތާލެއް ކުރަން ނިންމައިފިއެވެ.

ޕައިލެޓުން ދަނީ ޕަސެންޖަރުންނަށް ބްރިޓިޝް އެއަރވޭސް އިން ދަތުރު ކުރުމުގެ ބަދަލުގައި އެހެން އެއަރލައިނެއް ހިޔާރުކުރުމަށް ބުނަމުންނެވެ.

ބްރިޓިޝް އެއަރވޭސް އަދި ޕައިލެޓުންގެ ޖަމިއްޔާ އިން ދަނީ ޕައިލެޓުންނަށް ލިބޭ މުސާރައާ މަސައްކަތުގެ މާހައުލަށް އެދެވޭ ބަދަލުތައް ގެނައުމަށް މަޝްވަރާ ކުރުމަށް ތައްޔާރަށް ތިބިކަމުގައި ބުނަމުންނެވެ. ހަޅުތާލުކުރަން ނިންމީ އިތުރު އެއްވެސް ގޮތެއް ނެތުމުން ކަމަށް ބެސް ޕައިލެޓުން ބުންޏެވެ.

އެއަރލައިންގެ ޕައިލެޓުން ވަނީ ތިން އަހަރު ދުވަހުގެ ތެރޭގައި 11.5 ޕަސަންޓް އިން މުސާރަ ބޮޑު ކުރާނެ ކަމަށް ކުންފުނިން ބުނި ކަމުގައި ވިއަސް އެ ނިންމުމަށް އިންކާރު ކޮށްފައެވެ. އިންޓަރނޭޝަނަލް އެއަރަލައިންސް ގްރޫޕް (އައިއޭޖީ)ގެ ފައިދާ ނުވަ އިންސައްތަ އިތުރުވެފައި ވާއިރު ޕައިލެޓުންނަށް އެއަށްވުރެ ރަނގަޅު މުސާރައެއް ދެވެންޖެހޭނެ ކަމަށް ޕައިލެޓުން ދަނީ ބުނަމުންނެވެ.

ބްރިޓިޝް އެއަރލައިން އިން މިކަމާ ވިދިގެން ބުނަނީ މިހާރުވެސް އެ ކުންފުނީގެ ޕައިލެޓުންނަށްދޭ މުސާރަ އަކީ "ވޯލްޑް ކްލާސް" މުސާރަ ކަމުގައެވެ. އަދި އެކުންފުނީގެ ކެބިން ކުރޫއިން، ގްރައުންޑް ސްޓާފުން އަދި އިންޖިނިއަރުންނަށް ދޭ މުސާރައާމެދު އެއްވެސް ޝަކުވާއެއް ނެތް އިރު ޕައިލެޓުންނަށް ވެސް އެމީހުންގެ މުސާރަ ރަނގަޅުވާން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ތިން އަހަރު ދުވަހުގެ ތެރޭގައި ،މުސާރަ 11.5 އިންސައްތަ އިތުރުވުމުން ޕައިލެޓުންގެ ތެރެއިން ގިނަ ކެޕްޓަނުންނަށް އަހަރެއްގެ މައްޗަށް 200،000 (ދެލައްކަ) ޕައުންޑް ގެއަށް ގެންދަން ލިބޭނެ ކަމުގަ ބުނެއެވެ.

އެހެން ނަމަވެސް ހޯމަ އަދި އަންގާރަ ދުވަހު ދަތުރުކުރަން ހަމަޖެހިފައިވާ ބްރިޓިޝް އެއަރވޭސްގެ ގިނަ ފްލައިޓްތައް ވަނީ ކެންސަލްކޮށްފައެވެ. މި ހަޅުތާލުގެ ސަބަބުން އާދިއްތަ ދުވަހު އަދި ބުދަ ދުވަހުގެ ފްލައިޓްތަކަށް ވެސް އަސަރުކުރާނެއެވެ.

- ކޮމެންޓް