ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 16:37
މަކިޓާ ހެއްޔާ ޕްރޮމޯޝަން އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަމްރު ފައްޓަވައިދެއްވަނީ
މަކިޓާ ހެއްޔާ ޕްރޮމޯޝަން އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަމްރު ފައްޓަވައިދެއްވަނީ
އެސްޓީއޯ
މަކިޓާ ހެއްޔާ ޕްރޮމޯޝަން
މަކިޓާ ހެއްޔާ ޕްރޮމޯޝަން އާއި މުބާރާތް ފަށައިފި
މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ
ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރީތަކަށް ކޫޕަނެއް ލިބިގެންދާނެ
ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ހާސްރުފިޔާގެ އަގުހުރި އިނާމު

މަކިޓާ ހެއްޔާ ޕްރޮމޯޝަން އާއި މުބާރާތް ފަށައިފިއެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނީ މި މުބާރަތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދާނެ މުބާރާތެއް ކަމަށާއި މި މުބާރަތަކީ މަކިޓާ ހެއްޔާ ޕުރޮމޯޝަންއާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދާ މުބާރާތެއް ކަމަށެވެ.

މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާއިރު މި ޕްރޮމޯޝަން ކުރިއަށް 1 ސެޕްޓެމްބަރުން 31 އޮކްޓޯބަރުގެ ނިޔަލަށެވެ. ކޮންމެ 500 ރުފިޔާއިން މަތީގެ ވިޔަފާރީތަކަށް ކޫޕަނެއް ލިބިގެންދާއިރު މި ޕްރޮމޯޝަންގައި ކޮންމެ މަހަކު ނަސީބުވެރި ފަރާތެއް ހޮވާނެއެވެ. ގުރުއަތުން ހޮވޭ ފަރާތަކަށް 50،000 ހާސް ރުފިޔާގެ އަގުހުރި އިނާމު ކަނޑައެޅިފައިވެއެވެ. މި މުބާރާތް ހުޅުވައި ލެވިފައިވަނީ މުޅި ރާއްޖެއަށް ކަމަށާއި މުބާރަތުގައި ބައިވެރި ކުރާ ތަކެތީގެ ވީޑިއޯ ކޮންމެ މަސައްކަތްތެރިޔަކު ވެސް ހުށައަޅަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ވަޑާމުގެ މަސައްކަތަކީ ދިވެހިން އިހުޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށްވެފައި އަދި ވާދަ ވެރި މާހައުލެއް ގައި މަސައްކަތްތަށް އެއްފުރާޅެއްގެ ދަށުން ދާކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ލިބިގެން ދާނެއެވެ. އެސްޓީއޯގެ މަގުސަދަކީ މި ދާއިރާއިން ވީހާވެސް ގިނަ ފަންނުވެރިން މުޖުތަމުއުއަށް ނެރެދިނުމެވެ. އަދި ހަމަ އެހެންމެ އެފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދިނުމެވެ.

ޤަވާއިދު:

  1. މުބާރަތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށް
  2. މުބާރާތުގައި ބައިވެރި ކުރާތަކެތި ފަރުމާކުރަން ޖެހޭނީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން
  3. މުބާރާތުގައި މަކިޓާ ޓޫލްސް ބޭނުންކުރަން ވާނެ
  4. މުބާރާތުގައި ބައިވެރި ކުރާ އައިޓަމް ފަރުމާކުރަން ވާނީ އެއްމެ ބޮޑުވެގެން 4ފޫޓް 4ފޫޓް އަށް ވުރެ ބޮޑުނުވާގޮތަކަށް
  5. މުބާރާތުގައި ފަރުމާކުރާ ކޮންމެ އައިޓަމެއްގެ 1 މިނެޓްގެ ވީޑިއޯއެއް ހުށައަޅަންވާނެ (މި ވީޑިޔޯގައި މަކީޓާ ޕަވާޓޫލްސް ބޭނުންކުރާ ތަންފެނިގެންދާންޖަހޭނެ)
  6. މި މުބުރާތުގެ ބައިވެރިން ކުރާ ވީޑިއޯ 720 ޕީ ކޮލިޓީގެ (އެޗްޑީ) އަށް ވުރެ ދައްވެގެންނުވާނެ
  7. މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމް 8 ސެޕްޓެމްބަރ 2019 ވާ ޢާދިއްތަ ދުވަހުގެ 22:00 ގެ ކުރިން ހުށައަޅަން ޖެހެނޭ
  8. ރަޖިސްޓޮރޭޝަން ފޯމް އެސްޓީއޯ ހޯމް އިމްޕޮރޫވްމެންޓްގެ އިތުރުން އެސްޓީއޯ ވެބްސައިޓުން ވެސް ޑައުންލޯޑްކުރެވޭނެ

ރަޖިސްޓްރޭޝަން ފޯމް ހުށައެޅޭނެ ގޮތްތައް:

  1. ވައިބާރ: 7431007
  2. އީމެއިލް: [email protected]
  • މި މުބާރާތުގެ ބައިވެރިންނަށް ތަކެތި ފަރުމާ ކުރުމަށާއި ހުށައެޅުމަށް އެއް މަސްދުވަހުގެ މުދަތެއް ލިބޭނެ (8 ސެޕްޓެމްބަރ 2019 އިން 8 އޮކްޓޯބަރ 2019 އަށް)
  • އައިޓަމް އަދި ވީޑިއޯ އެސްޓީއޯ އަށް ހުށައަޅަންޖެހޭ އެންމެ ފަހު ތާރީހަކީ 9 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހު
  • ތައްޔާރުކުރެވިފައިވާ ތަކެތި އެސްޓީއޯ ގެ ފޭސްބުކް ޕޭޖްގައި ވީޑިއޯ އަޕްލޯޑް ކުރާނީ އެސްޓީއޯއިން
  • ކޮންމެ މީހަކަށްވެސް ބައިވެރި ކުރެވެނީ އެންމެ އައިޓަމް

މުބާރާތުގެ ވަނަ ހޮވަން ހަމަޖެހިފައިވަނީ:

  1. އާންމުންގެ %50 (ފޭސްބުކް ލައިކްއަށް ބެލުމަށްފަހު)
  2. ޖަޖުންގެ %50
  • މުބާރާތުގައި ބޭނުން ކުރާ ވީޑިއޯތަށް މަކިޓާ އިސްތިހާރު ކުރުމަށް އެސްޓީއޯ އިން ބޭނުންކުރެވޭނެ
  • މުބާރާތުގައި ފަރުމާކުރެވިފައިވާ އައިޓަމް އެމީހެއްގެ އަމިއްލަ މަސައްކަތުން ފަރުމާކޮއްފަވާ އައިޓަމަކަށް ވާންޖެހޭނެއެވެ. އެހެންފަރާތެއްގެ މަސައްކަތެއް މުބާރާތުގައި ބައިވެރި ކޮށްފައިވާކަން އެސްޓީއޯއަށް ސާބިތުވެއްޖެ ހިނދެއްގައި އެ އައިޓަމްއެއް މުބާރާތުން ވަކިކުރެވޭނެ

މިއީ އެސްޓީއޯގެ ފަރާތުން މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

- ކޮމެންޓް