ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 08:21
ހަމަލާ ދިން މަޤްސަދު އަދި ސާފެއް ނުވޭ
ހަމަލާ ދިން މަޤްސަދު އަދި ސާފެއް ނުވޭ
ރޮއިޓަރސް
ބަޑީގެ ހަމަލާ
ޓެކްސަސްގައި ދިން ބަޑީގެ ހަމަލާއެއްގައި ފަސް މީހަކު މަރާލައިފި
ހަމަލާ ދިން މަޤްސަދު އަދި ސާފެއް ނުވޭ

ޓެކްސަސްގައި ދިން ބަޑީގެ ހަމާލެއްގައި ފަސް މީހަކު މަރާލައިފިއެވެ.

އެ ޤައުމުގެ ފުލުހުން ބުނެފައިވަނީ މި ބަޑީގެ ހަމަލާތައް ދީފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި ޓެކްސަސްގެ އޮޑޭސާ އަދި މިޑްލޭންޑް ސިޓީގައި ކަމަށެވެ. މި ބަޑީގެ ހަމަލާދީފައިވާ މަޤްސަދު އަދި ސާފުނުވާއިރު ހަމަލާ ދިން މީހާ ވަނީ ވެހިކަލެއް ދުއްވަމުން މީހުންނަށް ހަމަލާދީފައެވެ.

މި ހާދިސާގައި 5 މީހަކު މަރުވިކަން ކަށަވަރުވެފައިވާއިރު 16 މީހަކު ވަނީ ޒަހަމްވެފައެވެ. ޒަހަމްވި މީހުންގެ ތެރޭގައި އެ ޤައުމުގެ 3 ފުލުހެއް ވެސް ހިމެނެއެވެ. އޮޑޭސާ މެޑިކަލް ހޮސްޕިޓަލުން ރިޕޯޓް ކޮށްފައިވާ ގޮތުން ޒަހަމްވި މީހުންގެ ތެރެއިން އުމުރުން 2 އަހަރުގެ ކުޑަކުއްޖަކު ހިމެނެއެވެ. އަދި އިތުރު 7 މީހުންގެ ހާލު ސީރިއަސް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓެކްސަސްގެ ފުލުހުން ބުނީ މި ހަމަލާ ދިން މީހާ އާއި ފުލުހުންނާއި ދެމެދު ހިނގި އިތުރު ބަޑީގެ ހަމަލާތަކެއްގައި އޭނާ މަރުވެފައިވާ ކަމަށެވެ.

އޮޑޭސާ އަދި މިޑްލޭންޑް ސިޓީގައި މި ހަމަލާތައް ދީފައިވާއިރު މީގެ 4 ހަފްތާކުރިން ޓެކްސަން ސިޓީގެ އެލްޕަސޯގައި ދިން ބަޑީގެ ހަމާލެއްގައި 22 މީހުން މަރުވެ 24 މީހަކު ވަނީ ޒަހަމްވެފައެވެ.

- ކޮމެންޓް