ކ. މާލެ
|
28 އޯގަސްޓް 2019 | ބުދަ 17:09
ސުވާލު ފޮށި މުބާރާތް ޕޯސްޓަރު
ސުވާލު ފޮށި މުބާރާތް ޕޯސްޓަރު
އުރީދޫ
ސުވާލު ފޮށި މުބާރާތް
އުރީދޫ އިން ސުވާލު ފޮށި މުބާރާތް ފަށައިފި
17 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާނެ
އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމު ލިބިގެންދާނެ

ސުވާލު ފޮށީގެ ނަމުގައި، އެސް.އެމް.އެސް މެދުވެރިކޮށް ކުޅޭ ފޯރިގަދަ ސުވާލު މުބާރާތެއް އުރީދޫ އިން ފަށައިފިއެވެ.

މި މުބާރާތް ކުޅެ، އެންމެ މޮޅު ސްކޯ ހޯދާ ބައިވެރިންނަށް އުރީދޫ އިން ވަނީ ސެމްސަންގ ގެލެކްސީ ސްމާޓް ފޯނު އަދި ސެމްސަންގ ގެލެކްސީ ބަޑްސް ހިމެނޭ، އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމު ދިނުމަށް ނިންމާފައެވެ.

ސުވާލު ފޮށި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންގެ އަމާޒަކަށް ވާނީ، އެކި ލެވެލް ތަކަށް ބަހާފައިވާ މި ސުވާލު މުބާރާތުގައި އަހާ ތަފާތު ސުވާލުތަކުގެ ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. އުރީދޫ އިން ބުނީ 17 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ކުރިއަށްދާ ހަތަރު ހަފްތާގެ މި ސުވާލު މުބާރާތުގައި ބައިވެރިވުމަށް، “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސް.އެމް.އެސް ކުރުމުން ބައިވެރިވެވޭނެ ކަމަށެވެ.

ސުވާލު ފޮށި ކުއިޒްގައި ބައިވެރިވެ، ކޮންމެ ހަފްތާއަކުވެސް ލީޑަރބޯޑުގައި އެންމެ ކުރި ހޯދާފައިވާ ތިން ކުޅުންތެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ސެމްސަންގ ގެލެކްސީ އެސް 10 ދިނުމަށް ނިންމާފައިވާއިރު ހަފްތާގެ ދެވަނަ އަށް މޮޅު ކުޅުންތެރިޔާއަށް ސެމްސަންގ ގެލެކްސީ އެމް 20 އަދި ހަފްތާގެ ތިންވަނަ އަށް މޮޅު ކުޅުންތެރިޔާއަށް ސެމްސަންގ ގެލެކްސީ ބަޑްސް ލިބިގެންދާނެއެވެ.

ސުވާލު ފޮށި ކުއިޒް އާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް ނުވަތަ މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓުން ލިބޭނެއެވެ.

- ކޮމެންޓް