ދަމާސް ކުންފުނިން ރާއްޖޭގެ މާކެޓަށް ޑިއުރޯފްލެކްސް ބްރޭންޑްގެ މުޅިން އާ ގޮދަޑިތަކެއް ނެރެފިއެވެ.
އއ. އުކުޅަހުގައި މިހާރު ކުރިއަށްދާ އުކުޅަސް ޓެކް ފެއަރގެ ދަމާސްގެ ސްޓޯލުން މި އާ ގޮދަޑިތައް ފެނިގެންދާނެއެވެ. ދަމާސް އިން މިފަހަރު މާކެޓަށް ނެރެފައިވަނީ ޑިއުރޯފްލެކްސްގެ އެނަރޖެޓިކް، ޑިއުރޯޕެޑިކް، އެސެންޝިއަލް އަދި ނެޗުރަލް ރޭންޖުގެ ގޮދަޑިތަކެވެ.
އެނަރޖެޓިކް ރޭންޖުގެ ގޮދަޑި ތަކަކީ ޒުވާން އުމުރު ފުރާގެ ކުދިންނަށް ހާއްސަކޮށް ހަދާފައިވާ ގޮދަޑި ތަކެކެވެ. ޑިއުރޯޕެޑިކް ގޮދަޑި އަކީ ހުޅުހުޅުގައިއާއި ގައިގާ ރިއްސާ މީހުންނަށް ހާއްސަކޮށް ހަދާފައިވާ ގޮދަޑިއެކެވެ. މި ގޮދަޑިއަކީ އިންޑިއާގެ ނެޝަނަލް ހެލްތް އެކަޑަމީ އިން ސެޓިފައިކޮށް ގިނަ އަދަދެއްގެ ޑޮކްޓަރުންގެ އިތުބާރު ލިބިފައިވާ ގޮދަޑިއެކެވެ.
ޑިއުރޯފްލެކްސްގެ ނެޗުރަލް ރޭންޖުގެ ގޮދަޑި ތަކަކީ ހަމައެކަނި އޯރގަނިކް ތަކެތި ބޭނުންކޮށްގެން ހަދާފައިވާ ގޮދަޑިތަކެކެވެ. އަދި ދަމާސް އިން އަލަށް މާކެޓަށް ނެރުނު އެސެންޝިއަލް ޑިއުރޯފްލެކްސް ގޮދަޑި އަކީ ގޮދަޑީގައި ނިދާ މީހާއަށް އެންމެ އަރާމުކޮށް ނިދޭނޭ ގޮތަށް މީހާގެ ބައްޓަމަށް ފެތޭ މޮޅު ގޮދަޑިތަކެކެވެ.
ގޮދަޑި ތަކުގެ އިތުރުން ޓެކް ފެއަރގައި ދަމާސް އިން ވަނީ ދަމާސް އެކްސްޕްރެސްގެ ހިދުމަތްތައް ދެވޭ ގޮތް ފެއަރގެ ބައިވެރިންނާއި ޒިޔާރަތްކުރާ ފަރާތްތަކާ ހިއްސާކޮށްފައެވެ.
ދަމާސް އެކްސްޕްރެސް އަކީ ދަމާސްއިން ބައްލަވައިގަންނަވާ ތަކެތި ރާއްޖޭގެ ކޮންމެ ތާކަށްވެސް ޑެލިވަރ ކޮށްދޭ ދަމާސްގެ އޮންލައިން ފިހާރައެވެ. ދަމާސް އެކްސްޕްރެސް މެދުވެރިކޮށް ބައްލަވާގަންނަވާ ތަކެތި މާލެގައި ނަމަ ގެއާއި ހަމައަށް ގެންގޮސްދޭއިރު، ރަށްރަށުގައި ތިއްބަވައިގެން ބައްލަވައިގަންނަ ތަކެތި ރަށަށް ފުރާ ދޯންޏަށް ގެންގޮސްދެއެވެ. ދަމާސް އެކްސްޕްރެސްއާއި ދަމާސްގެ އެހެން ފިހާރަތަކުގެ އަގު ތަކާ ތަފާތެއް ނުވާނެއެވެ.
ދަމާސް އެކްސްޕްރެސްއިން ޑިއުރޯފްލެކްސްއާ އިންޑެކްސް ފަރުނީޗާގެ ތަކެތި ޕްރީ އޯރޑަރ ކުރެވޭނެއެވެ. ޕްރީ އޯޑަރަށް ތަކެތި ބައްލަވާގަންނަ އިރު ތަކެތީގެ އަގުގެ ދެބައިކޮށްފަ އެއްބައި އިންސްޓޯލްމެންޓްގެ ގޮތުގައި ދައްކަންޖެހޭނެއެވެ.
އުކުޅަސް ފެއަރ ކުރިއަށްދާ ތިން ދުވަހުގެ ތެރޭގައި ދަމާސް އެކްސްޕްރެސް އަށް ރަޖިސްޓެރީ ކުރައްވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ބާއްވާ ގުރުއަތުން ހޮވޭ ފަރާތަކަށް ދަމާސްގެ ފަރާތުން އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ތަނެއްގައި ހުރެގެންވެސް ދަމާސް އެކްސްޕްރެސް އަށް ރަޖިސްޓްރީކޮށް ގުރުއަތުލުމުގައި ބައިވެރިވެވޭނެއެވެ.
އުކުޅަސް ޓެކް ފެއަރ ކުރިއަށްދާނީ އޮގަސްޓް 26 އިން 28 އަށް އުކުޅަސް ކޮންވެންޝަން ސެންޓަރުގައެވެ.