ކ. މާލެ
|
11 އޯގަސްޓް 2019 | އާދީއްތަ 19:17
ގެލެކްސީ ނޯޓް 10
ގެލެކްސީ ނޯޓް 10
ޑިޖިޓަލް ޓްރެންޑްސް
ގެލެކްސީ ނޯޓް 10
ގެލެކްސީ ނޯޓް 10 ދައްކާލައިފި
ފޯން ދައްކާލާފައިވަނީ މި މަހުގެ 8 ވަނަ ދުވަހު

ސެމްސަންގުގެ ނޯޓް ސީރީސްގެ އެންމެ ފަހު އެޑިޝަން، ގެލެކްސީ ނޯޓް 10 ދައްކާލައިފިއެވެ.

އޮގަސްޓް މަހުގެ 8 ވަނަ ދުވަހު ސެމްސަންގުން ގެލެކްސީ ނޯޓް 10 ފުރަތަމަ ފަހަރަށް ދައްކާލާފައިވާއިރު ސެމްސަންގު ފޯނުތަކުގެ އައިކޯނިކް ފީޗާއެއްކަމަށްވާ 'ހެޑްފޯން ޖެކް ފީޗަރ' ހިމަނާފައެއް ނުވެއެވެ.

ހަތަރު ކުލައަކަށް ފޯނު ވިއްކާއިރު އޮގަސްޓު 8 އިން ފެށިގެން ފޯން ޕްރީ-އޯޑަރ ކުރުމަށް ހުޅުވާލެވޭއިރު އޮގަސްޓު 28 ގެ ފަހުން އޮންލައިންކޮށް ފޯނު ގަނެވޭނެ ކަމަށް ސެމްސަންގުން ބުނެއެވެ.

ނޯޓް 10 ފޯނުގެ ރެމްގައި 12 ޖީބީ އަދި ސްޓޯރޭޖްގައި 256 ޖީބީ ހިމަނާފައިވާއިރު މެމޮރީ ކާޑާއެކު މި ފޯނުގައި 1 ޓެރަބައިޓްގެ ސްޓޯރޭޖްއެއް ޤާއިމްކުރެވޭނެކަމަށް ސެމްސަންގުން ބުނެއެވެ. 4300 މިލިއަމްޕަޔަރުގެ ބެޓަރިއެއް ހިމެނޭއިރު 30 މިނެޓުގެ ޗާޖަކުން މުޅި ދުވަހަށް ހިފަހައްޓާލެވޭނެ ކަމަށް ސެމްސަންގުން ވަނީ ބުނެފައެވެ.

ނޯޓް ފޯނާއި ސެމްސަންގެ އެހެނިހެން ފޯނުތަކާއި ތަފާތުކޮށްދެނީ ފޯނުގެ ބޮޑު މިނާއި ފޯނުގައި އެކުލެވޭ 'އެސް ޕެން' ފީޗާރތެކެވެ. މިފަހަރު ސެމްސަންގުން ތައާރަފްކުރި އެސް ޕެންގައި 'އެއަރ ގެސްޗަރ' ނުވަތަ ރިމޯޓް ކޮންޓްރޯލް ކުރެވޭ ފީޗާރއެއް ބޭނުންކޮށްފައިވެއެވެ. މި ފީޗަރ ބޭނުންކޮށްގެން ފޯނުގެ ސްކްރީންގައި އަތްނުލައި ފޯނާއި ކުޅެލެވޭނެކަމަށް ސެމްސަންގުން ބުނެއެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 9 އެކުންފުނިން ރަސްމީކޮށް ދައްކާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 10 ވަނަ ދުވަހުއެވެ. ނޯޓް 9 ގައި ހުންނަނީ 6.4 އިންޗްގެ ސުޕަރ އެމޮލެޑް ޑިސްޕްލޭއެކެވެ. ހަމައެހެންމެ މުޅި ދުވަހު ބޭނުންކުރެވޭވަރުގެ 4000 އެމްއޭއެޗްގެ ބެޓަރިއަކާއެކު ފޯނު އަންނައިރު 8 ޖީބީގެ ރެމް ހުންނާނެއެވެ. ހަމައެހެންމެ 512 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ހުންނައިރު 512 ޖީބީގެ އެކްސްޓާނަލް ސްޓޯރޭޖްއަށް ވެސް ސަޕޯޓްކުރާނެއެވެ.

- ކޮމެންޓް
14 އޯގަސްޓް 2019 | ބުދަ 23:16
ކައިޖީން
ސެމްސަންގް ގެލެކްސީ ނޯޓް 9 އެކުންފުނިން ރަސްމީކޮށް ދައްކާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 10 ވަނަ ދުވަހުއެވެ. ނޯޓް 9 ގައި ހުންނަނީ 6.4 އިންޗްގެ ސުޕަރ އެމޮލެޑް ޑިސްޕްލޭއެކެވެ. ހަމައެހެންމެ މުޅި ދުވަހު ބޭނުންކުރެވޭވަރުގެ 4000 އެމްއޭއެޗްގެ ބެޓަރިއަކާއެކު ފޯނު އަންނައިރު 8 ޖީބީގެ ރެމް ހުންނާނެއެވެ. ހަމައެހެންމެ 512 ޖީބީގެ އިންޓާނަލް ސްޓޯރޭޖް ހުންނައިރު 512 ޖީބީގެ އެކްސްޓާނަލް ސްޓޯރޭޖްއަށް ވެސް ސަޕޯޓްކުރާނެއެވެ. ނޯޓު 9 ނުކުތުމުގެ ކުރިން ލިޔެފައިވާ ލިޔުމެއް ކޮޕީ ޕޭސްޓު ކުރި އިރު ޒަމާން އެވަނީ އޮޅިފައެވެ. ނުވަތަ އިސްލާހު ނުކުރެވިފައެވެ. 3 ވަނަ ޖުމްލައިގައި ވެ ނިމިފައިވާ ކަމެއް ވާނޭ ކަމެއް ގޮތުގައި ލިޔެފައި ވާއިރު 4 ވަނަ ޖުމްލަ ވެސް ހަމަ އެހެންނެވެ. ރަނގަޅު ގޮތަކަށް ވާނީ ހަމައެހެންމެ މުޅި ދުވަހު ބޭނުންކުރެވޭވަރުގެ 4000 އެމްއޭއެޗްގެ ބެޓަރިއަކާއެކު ފޯނު ނުކުތް އިރު 8 ޖީބީގެ ރެމް ހުރެއެވެ. ހަމައެހެންމެ 512 ޖީބީގެ އިންޓާނަލް ސްޓޯރޭޖް އާއި އެކު 512 ޖީބީގެ އެކްސްޓާނަލް ސްޓޯރޭޖްއަށް ވެސް ސަޕޯޓްކުރެއެވެ.