ކ. މާލެ
|
9 އޯގަސްޓް 2019 | ހުކުރު 19:29
ރިސޯޓަށް ލިބުނު އެވޯޑް ގޮނޑުދޮށާ ހަމައަށް ޖެޓްސްކީއެއްގައި ގެނައީ، ސަގާފީ ހެދުމުގައި ތިބި ދިވެހި ޒުވާނުންތަކެއް
ރިސޯޓަށް ލިބުނު އެވޯޑް ގޮނޑުދޮށާ ހަމައަށް ޖެޓްސްކީއެއްގައި ގެނައީ، ސަގާފީ ހެދުމުގައި ތިބި ދިވެހި ޒުވާނުންތަކެއް
ފުށިފަރު މޯލްޑިވްސް
ފުށިފަރުގެ ކާމިޔާބީ 100 އަށްވުރެ ގިނަ ފަތުރުވެރިން ފާހަގަކޮށްފި
 
ރިސޯޓަށް ޒިޔާރަތް ކުރާ ކޮންމެ ފަތުރުވެރިއަކަށް ވެސް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ރިސޯޓުން މަސައްކަތްކުރޭ
 
މި އެވޯޑް ލިބުމުން ރިސޯޓުން ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ވަނީ ހިއްވަރު ލިބިގެން ގޮސްފައި
 
އެވޯޑް ލިބުމުން ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިން ހިންހަމަ ޖެހޭފަދަ ހިދުމަތެއް ފޯރުކޮށްދެވުނުކަމުގެ ޔަޤީންކަން ވަނީ ލިބިފައި

ވޯލްޑް ޓްރެވަލް އެވޯޑް 2019ގައި ފުށިފަރު މޯލްޑިވްސްއަށް ލިބުނު ކާމިޔާބީ އެ ރިސޯޓަަށް ޒިޔާރަތްކުރި 100 އަށްވުރެ ގިނަ ފަތުރުވެރިންނާ އެކު ފާހަގަކޮށްފި އެވެ.

ރާއްޖޭގެ "ލީޑިންގެ ބީޗް ރިސޯރޓް"ގެ އެވޯޑް ފުށިފަރަށް ލިބުމުން ފާއިތުވި ބުދަ ދުވަހު އެކަން ކުލަގަދަ ގޮތެއްގައި ފާހަގަކުރީ އެ ރިސޯޓުގެ ގޮނޑުދޮށުގައި ބޭއްވި، "ސަންސެޓް ކޮކްޓެއިލް އިވެންޓް" އެއް ގައެވެ.

ރިސޯޓަށް ލިބުނު އެވޯޑް ގޮނޑުދޮށާއި ހަމައަށް ޖެޓްސްކީއެއްގައި ގެނައީ، ސަގާފީ ހެދުމުގައި ތިބި ދިވެހި ޒުވާނުންތަކެކެވެ. އަދި ބޮޑުބެރުގެ ހަރަކާތްތަކާއެކު ގޮނޑުދޮށުގައި ތިބި ފަތުރުވެރިންގެ ކުރިމަތިން އެވޯޑް ގެންދިޔައީ ވެސް ސަގާފީ ހެދުމުގައި ތިބި ރިސޯޓްގެ ދެ މުވައްޒިފުންނެވެ.

ފުށިފަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން -- ފޮޓޯ: ފުށިފަރު

ފުށިފަރު މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އަހްމަދު ސިއާރް ވިދާޅުވީ އެވޯޑް ލިބުމުން ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިން ހިންހަމަ ޖެހޭފަދަ ހިދުމަތެއް ރިސޯޓުގެ ފަރާތުން ފޯރުކޮށްދެވޭކަމުގެ ޔަގީންކަން ލިބިގެން ގޮސްފިކަމަށެވެ. އަދި މި އެވޯޑް ލިބުމުން ރިސޯޓުން ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ހިއްވަރު ލިބުނުކަމަށްވެސް ސިއާރް ވިދާޅުވިއެވެ.

ސިއާރް އިތުރަށް ވިދާޅުވީ، 49 ވިލާ ރިސޯޓުގައި ހިމެނޭއިރު ރިސޯޓަށް ޒިޔާރަތް ކުރާ ކޮންމެ ފަތުރުވެރިއަކަށްވެސް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަށް ރިސޯޓުގެ ކޮންމެ މުވައްޒަފަކުވެސް މަސައްކަތް ކުރާކަމަށެވެ.

ފުށިފަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން -- ފޮޓޯ: ފުށިފަރު

ޅ. އަތޮޅުގައި ހިމާޔަތް ކޮށްފާ އޮންނަ ފުށިފަރު ކަނޑުގައި އޮންނަ ފުށިފަރު މޯލްޑިވްސްއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެ ސަރަހައްދުގައި ޑައިވްކޮށް ކަނޑުގެ ގުދުރަތީ ރީތިކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ފުށިފަރު މޯލްޑިވްސް ހުޅުވާފާވަނީ 2017 ވަނަ އަހަރުއެވެ.

ފުށިފަރުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން -- ފޮޓޯ: ފުށިފަރު
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
20%
40%
0%
20%
0%
20%
ކޮމެންޓް