ކ. މާލެ
|
4 އޯގަސްޓް 2019 | އާދީއްތަ 17:58
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ
ޝުއައިބް މުހައްމަދު އިގްބާލް
މީރާ
އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތަށް 3.99 ބިލިއަން ރުފިޔާ
2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާ އިރު މިއީ 14.1 އިންސައްތައިގެ ކުރިއެރުމެއް
އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތަށް ވަނީ އެމެރިކާ ޑޮލަރުން 160.5 މިލިއަންގެ އާމްދަނީއެއް ލިބިފަ
ދިވެހި ރުފިޔާއިން މި ކުއާޓަރުގައި ދައުލަތަށް ލިބިފައިވަނީ 1.53 ބިލިއަން

މި ހިނގާ 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ 3.99 ބިލިއަން ރުފިޔާ ލިބިފައެވެ.

މިއީ 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާ އިރު 14.1 އިންސައްތައިގެ ކުރިއެރުމެކެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރުނު އަހަރުގެ ދެވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ދެވަނަ ކުއާޓަރުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުންނެވެ. ޓެކުހުން އެކަނި ދައުލަތަށް ވަނީ 3.18 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ޓެކުހުން ލިބުނު އާމްދަނީއާ އަޅާބަލާއިރު 17.1 އިންސައްތައިގެ ކުރިއެރުމެކެވެ.

މީރާއިން ބުނީ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)، ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް (ޓީ.ޖީ.އެސް.ޓީ)، ގްރީން ޓެކްސް އަދި ރިޒޯރޓް ތަކުގެ ކުލިން ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަ އަޅާބަލާ އިރު މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޓީ.ޖީ.އެސް.ޓީ އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވެފައިވަނީ 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަ އަޅާބަލާ އިރު މި ކުއާޓަރުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ މިންވަރު 24 އިންސައްތަ އިތުރުވެފައިވުމެވެ. އަދި 2018 ވަނަ އަހަރުގެ ބީ.ޕީ.ޓީ ސުންގަޑި ބަންދު ދުވަހަކާ ދިމާވުމާ ގުޅިގެން ޖުލައި މަހަށް ސުންގަޑި ފަސްކުރުމާ ގުޅިގެން އެހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ބީ.ޕީ.ޓީ އިން ލިބުނު އާމްދަނީ ވަނީ އިތުރުވެފައެވެ.

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތަށް ލިބުނު އާމްދަނީގެ 84 އިންސައްތަ ހިއްސާ ކުރަނީ ޖީ.އެސް.ޓީ، ބީ،ޕީ،ޓީ، ރިޒޯޓްތަކުގެ ކުލި، ގްރީން ޓެކްސް އަދި އެއަރޕޯރޓް ސަރވިސް ޗާރޖްއިން ލިބުނު އާމްދަނީއެވެ.

އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތަށް ވަނީ އެމެރިކާ ޑޮލަރުން 160.5 މިލިއަންގެ އާމްދަނީއެއް ލިބިފައެވެ. މި ކުއާޓަރުގައި ލިބުނު ޖުމުލަ އާމްދަނީގެ 61.8 އިންސައްތަ ބަލައިގަނެފައިވަނީ އެމެރިކާ ޑޮލަރުންނެވެ. ރުފިޔާއިންބަލާނަމަ، އެއީ 2.46 ބިލިއަން ރުފިޔާއެވެ. ދިވެހި ރުފިޔާއިން މި ކުއާޓަރުގައި ދައުލަތަށް ލިބިފައިވަނީ 1.53 ބިލިއަންއެވެ. އެއީ ޖުމްލަ އާމްދަނީގެ 38.2 އިންސައްތައެވެ.

- ކޮމެންޓް