ކ. މާލެ
|
4 އޯގަސްޓް 2019 | އާދީއްތަ 16:30
އެމްޓީސީސީގެ ފެރީ އެއް
އެމްޓީސީސީގެ ފެރީ އެއް
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީގެ ފެރީ ދަތުރުތައް ދ. އަތޮޅަށް
 
ފެރީތަކުގައި ސަތޭކަ މީހުންގެ ޖާގަ އޮންނާނެ
 
ދ. އަތޮޅަށް ކުރާ ފެރީ ދަތުރުތަކުގެ އަގަކީ 20 ރުފިޔާ
 
މީދު އާއި ކުޑަހުވަދޫ އާ ދެމެދު ހަފްތާއަކު ހަ ދަތުރު ކުރާނެ

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ދ. އަތޮޅަށް ފެރީގެ ހިދުމަތްދޭން ފަށައިފިއެވެ.

އެމްޓީސީސީ އިން އަލަށް ފަށާފާވާ ފެރީތައް ދެ ރޫޓަކުން ދަތުރު ކުރާނެއެވެ. އެގޮތުން ރޫޓް 406 ގައި ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހު މީދޫ، ރިނބުދޫ، ހުޅުދެލި އަދި ކުޑަހުވަދޫ އަށް ދަތުރު ކުރާނެއެވެ. އަދި ރޫޓް 407 ގެ މަގުން މީދޫ، ބަނޑިދޫ، ވާނީއާ، މާއެނބޫދޫ އަދި ކުޑަހުވަދޫ އަށް އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ދަތުރުތައް ކުރާނެއެވެ.

އެމްޓީސީސީ އިން ވަނީ މީދު އާއި ކުޑަހުވަދޫ އާ ދެމެދު ހަފްތާއަކު ހަ ދަތުރު ކުރާނެ ކަމަށް ބުނެފައެވެ.

ދ. އަތޮޅަށް ކުރާ ފެރީ ދަތުރުތަކުގެ އަގަކީ 20 ރުފިޔާއެވެ.

ސަތޭކަ މީހުންގެ ޖާގަ އޮންނަ މި ފެރީތަކުގައި ބައިސްކަލު އަދި ލުއި ލަގޭޖް ގެންދެވޭނެ ކަމަށް އެމްޓީސީސީ އިން މައުލޫމާތުދެއެވެ.

އެމްޓީސީސީ އިން ދ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށާފައިވަނީ ކުރިން މި ސަރަހައްދުގައި ހިދުމަތް ދެމުން ގެންދިޔަ ވާމިލިއަން އިންޓަނޭޝަނަލް އިން ފެރީގެ ހިދުމަތް ހުއްޓާލުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ވިލިނގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި