ކ. މާލެ
|
31 ޖުލައި 2019 | ބުދަ 19:14
ބޭންކްގެ ފައިދާއިން ހިއްސާއަކަށް 24 ރުފިޔާގެ މަގުން ހިއްސާ ބެހުމަށް ވަނީ ހަމަޖެހިފަ
ބޭންކްގެ ފައިދާއިން ހިއްސާއަކަށް 24 ރުފިޔާގެ މަގުން ހިއްސާ ބެހުމަށް ވަނީ ހަމަޖެހިފަ
ޓްވިޓަރ
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ފޮނުވި ހަ ބޭފުޅުންގެ ނަން ފާސްވެއްޖެ
 
2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާރ ވަނީ 86،814 ރުފިޔާއަށް ހަމައްޖާސަފަ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން ފޮނުވި ހަބޭފުޅުންގެ ނަން ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހާޒިރުވެ ވީޓުދިން ފަރާތްތަކުގެ އިްތިފާގުން ވަނީ ފާސްކޮށްފިއެވެ.

ބީއެމްއެލް އިން ވަނީ 2019 ވަނަ އަހަރުގެ ޑިރެކަޓަރުންގެ ބޯޑުގެ ޖުމްލަ އަދަދު ހަމަނުވާތީވެ ސަރުކާރުގެ ފަރާތުން އިތުރު ދެ ނަން ބޯޑަށް އައްޔަންކުރުމަށް ފޮނުވާފިނަމަ އެ ދެނަމަށް ވޯޓުލުމަށް އިތުރު ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށް ބުނެފައެވެ.

ސަރުކަރުގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް ހުށައަޅާފާވާ ނަންތަކަކީ ބޯޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ގެ މަގާމަށް ބޭންކްގެ މިހާރުގެ ސީއީއޯ ޓިމޮތީ ސޯޔަރ، ބޯޑުގެ މެންބަރުންގެ ގޮތުގައި ޖުވެއިރިޔާ ސައީދު، ޘަނާ މަންސޫރު، އިބްރާހިމް ޒަކަރިއްޔާ، ހައްވާ ސަފުނާ އަދި ހުސެން ތައުފީގު އަލީއެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ހުށައަޅާ ފާސްކޮށްފައިވާ ނަންތަކަކީ މުހައްމަދު އަބްދުއްސައްތާރު، އިބްރާހިމް މުހައްމަދު އަދި އަހްމަދު މުހައްމަދު އެވެ.

މި ޖަލްސާގައި ވަނީ 2018 ވަނަ އަހަރުގެ އާންމު ޖަލްސާގެ ޔައުމިއްޔާ އާއި ޑައިރެކްޓަރުންގެ ބޯޑުގެ ރިޕޯޓާއި އޮޑިޓް ކޮށްފައިވާ ފައިދާ އާއި ގެއްލުމުގެ ބެލެންސް ޝީޓް ހިއްސާދާރުންގެ އިއްތިފާގުން ފާސް ކޮށްފައެވެ. އަދި 2019 ވަނަ އަހަރުގެ ކުންފުނީގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސް ވޯޓާހައުސް ކޫޕާރ ވަނީ 86،814 ރުފިޔާއަށް ހަމައްޖާސަފައެވެ.

ބޭންކްގެ ފައިދާއިން ހިއްސާއަކަށް 24 ރުފިޔާގެ މަގުން ޖުމްލަ 129.17 މިލިއަން ރުފިޔާގެ ފައިދާ ބަހަންވެސް މި ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި
މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ
ސިޔާސީ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ފައިސާ ދީ ރައްޔިތުންގެ ޓެކްސް ފައިސާ ލޫޓުވަނީ
ރާއްޖޭގެ ބައެއް ހިސާބުތަކަށް ނެރެފައިވާ ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފި
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
މަދިރިން ފެތުރޭ ބަލިތައް ގިނަވާތީ އިމާރާތްކުރާ ސައިޓުތަކުގައި މަދިރި އާލާނުވާނެހެން ސާފުކުރުމަށް އަންގައިފި
ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރެވިއްޖެ: އެޗްޑީސީ
ފާރެއް ދަށުވެ އަނިޔާވި ކުއްޖާ ސްޓޭބަލް، ހަށިގަނޑުގެ ދެތަނެއް ވަނީ ފްރެކްޗަރވެފައި: އައިޖީއެމްއެޗް