ކ. މާލެ
|
29 ޖުލައި 2019 | ހޯމަ 18:02
ބޭންކުގެ ހިއްސާ ވިއްކުމަށް ކަލެކްޝަން ސެންޓަރު ހުޅުވާފައިވަނީ މ. ފާމުދޭރިގޭގައި
ބޭންކުގެ ހިއްސާ ވިއްކުމަށް ކަލެކްޝަން ސެންޓަރު ހުޅުވާފައިވަނީ މ. ފާމުދޭރިގޭގައި
މޯލްޑިވްސް އިސްލާމިކް ބޭންކް
އެމްއައިބީގެ ހިއްސާ ވިއްކުން
އެމްއައިބީގެ ހިއްސާ ވިއްކުމަށް ކަލެކްޝަން ސެންޓަރެއް ހުޅުވައިފި
 
244 މިލިއަން ރުފިޔާގެ ހިއްސާ އާންމުންނަށް ވިއްކުމަށް ވަނީ ހުށަހަޅާފައި
 
ކަލެކްޝަން ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެދުނު 09:00 އަކުން ރޭގަނޑު 10:00 އަކަށް
 
ކަލެކްޝަން ސެންޓަރު ހުޅުވީ އާންމުންނަށް ފަސޭހަކަމާއެކު ހިއްސާ ގަނެވޭނެ މަގު ފަހިކޮށްދިނުމަށް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކުމަށް ކަލެކްޝަން ސެންޓަރު ހުޅުވާފައިވަނީ މ. ފާމުދޭރިގޭގައެވެ.

އެމްއައިބީ އިން ބުނީ ކަލެކްޝަން ސެންޓަރު ހުޅުވީ އާންމުންނަށް ފަސޭހަކަމާއެކު ހިއްސާ ގަނެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. މި ކަލެކްޝަން ސެންޓަރު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެދުނު 09:00 އަކުން ރޭގަނޑު 10:00 އަކަށެވެ.

އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށް ފަހު 244 މިލިއަން ރުފިޔާގެ ހިއްސާ އާންމުންނަށް ވިއްކުމަށް ވަނީ ހުށަހަޅާފައެވެ. މި ހިއްސާގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް އިސްލާމިކް ބެންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ)، އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ ގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އަދި ޖުމްލަ އާއްމު ހިއްސާގެ ގޮތުން 6،975،000 (ހަ މިލިޔަން ނުވަލައްކަ ހަތްދިހަ ފަސް ހާސް) ހިއްސާއެވެ. މިއީ ބޭންކުގެ ޖުމްލަ ހިއްސާގެ 31 އިންސައްތައެވެ.

އެމްއައިބީގެ ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 35 ރުފިޔާއަށެވެ. ކޮންމެ ފަރާތަކަށް ވެސް އެންމެ ފުރަތަމަ ގަނެވޭނީ 700 ރުފިޔާގެ 20 ހިއްސާއެވެ. މިއަދަދު އިތުރުކުރަން ބޭނުންނަމަ 10 ހިއްސާގެ ރޭޓުން ބޭނުން އަދަދަކަށް އިތުރު ކުރެވޭނެއެވެ.

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅާ، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންޑީބީއައިބީގެ ބައިނަލްއަގްވާމީ މާލީ ތަޖުރިބާކާރުންގެ އެހީއާއެކު "ޝާހް ހުސައިން އެންޑް ކޯ"ގެ ގާނޫނީ ލަފާގެ މަތިން، އޮޑިޓް ފަރމެއްގެ ހައިސިއްޔަތުން ކޭޕީއެމްޖީ ދަށުންނެވެ.

އިންފިނިޓީ ޕޯޓަލްގެ އިތުރުން އެމްއައިބީގެ ގޮފިތަކުން، ބީއެމްއެލް އޮންލައިން ބޭންކިން، ދިރާގު ޕޭ އަދި އުރީދޫ އެމް ފައިސާ މެދުވެރިކޮށް ހިއްސާ ގަނެވޭނެއެވެ.

އެމްއައިބީގެ ހިއްސާ ގަތުމުގެ އެންމެ ފަހު ތާރީހަކީ 18 ސެޕްޓެމްބަރު 2019 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް