ކ. މާލެ
|
26 ޖުލައި 2019 | ހުކުރު 18:33
ޖުލައި 26 ވަަނަ ދުވަހު ހުޅުވި މި ޝޯރޫމް ހުޅުވަދީފާވަނީ ކުޑަކުދިން
ޖުލައި 26 ވަަނަ ދުވަހު ހުޅުވި މި ޝޯރޫމް ހުޅުވަދީފާވަނީ ކުޑަކުދިން
"ސަންފްރަންޓް ބައިކްސް"
"ސަންފްރަންޓް ބައިކްސް"ގެ އާ ޝޯރޫމް ހުޅުވައިފި
ސަންފްރަންޓުން ވަނީ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފަ

ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑްގެ "ސަންފްރަންޓް ބައިކްސް" ގެ އާ ޝޯރޫމް ހުޅުވައިފިއެވެ.

ޖުލައި 26 ވަަނަ ދުވަހު ހުޅުވި މި ޝޯރޫމް ހުޅުވަދީފާވަނީ ކުޑަކުދިންނެވެ. ރާއްޖޭގެ މިނިވަން ދުވަސް އަދި ސަންފްރަންޓްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސަންފްރަންޓުން ވަނީ މި ޝޯރޫމްގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ.

މި ހަވީރުގައި ކުލަ ޖެއްސުމާ، ކުރުހުމާ، ފޭސް ޕެއިންޓިންގެ އިތުރުން ޝޯރޫމްގައި ހުރި ބައިސްކަލްތައް ދުއްވުމުގެ ފުރުސަތު ކުޑަކުދިންނަށް ވަނީ ލިބިފައެވެ. ހަވީރުގައި ބައިވެރިވި ކުޑަކުދިންނަށް ގިނަ ހަދިޔާތަކެއް ބަހާފާވާއިރު، ރޮބޯމޭން ވެސް ވަނީ މި ހަވީރުގައި ބައިވެރިވެ ކުޑަކުދިންނާއެކު ވަގުތު ކޮޅެއް ހޭދަކޮށްލާ ފޮޓޯނަގާފައެވެ.

ސަންފްރަންޓްގެ މި ޝޯރޫމުން އެންމެ ކުޑަކުދިންގެ ޓްރޯލީއިން ފެށިގެން ބޮޑެތި މީހުންނާ ކަމުދާނެ ގިނަ ބައިސްކަލް ލިބެން ހުންނާނެއެވެ.

- ކޮމެންޓް