ދިވެހި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 70 އިންސައްތައިގައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބްތަކުން ދައްކައިފިއެވެ.
ސަރުކާރުން ނަގާފައިވާ ލޯންތަކަށް މިއަހަރު 2.8 ބިލިއަން ރުފިޔާ ދައްކަންޖެހޭ އިރު ދައުލަތުންވަނީ މި އަހަރުގެ މިހާތަނަށް މި އަދަދުގެ 20 އިންސައްތަ އަދާކޮއްފައެވެ. މި އަހަރުގެ މިހާތަނަށް ލޯނު ގެރެންޓީއާއެކު ދައުލަތުގެ ދަރަނީގެ އަދަަދު ވަނީ 62.7 ބިލިައަން ރުފިޔާ އަށް އަރާފާއެވެ.
ރާއްޖޭގެ ދައުލަތުގެ ދަރަނި އެންމެ އެކަށީގެންވާ ގޮތުގައި ހިފެހެއްޓުމަށްޓަކައި ދައުލަތުގެ ދަރަނީގެ އިންސައްތަ ގައުމުގެ ޖީޑީޕީގެ ނިސްބަތުން ދަށްކުރަންޖެހެއެވެ. ތަރައްގީ ވަމުންއަންނަ ގައުމުތަކުގައި ދައުލަތުގެ ދަރަނި އެންމެ އެކަށީގެންވާ ގޮތުގައި ހިފެހެއްޓުމަށްޓަކައި ދައުލަތުގެ ދަރަނި ބެހެއްޓުމަށް އެންމެ އެކަށީގެންވާ ނިސްބަތަކީ ގައުމުގެ ޖީޑީޕީގެ 60 އިންސައްތައެވެ.
ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިއަހަރުގެ ބަޖެޓަށް ކަނޑައަޅާފާ ވަނީ 30.2 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން އާމްދަނީގެ ގޮތުގައި ދައުލަތަށް 23.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިއެވެ.