ކ. މާލެ
|
28 މެއި 2019 | އަންގާރަ 22:49
ރައްޔިތުން މަޖިލިސް މެމްބަރުން..
ރައްޔިތުން މަޖިލިސް މެމްބަރުން..
ޓްވިޓަރ
19 ވަނަ ރައްޔިތުން މަޖިލިސް
މަޖިލިސްގެ ރައީސްއާ ނައިބް ރައީސް އިބްތިޚާބު ކުރުމުގެ ޖަލްސާ ފަށައިފި
ރިޔާސަތު ބަލަހައްޓަވަނީ މެމްބަރު ސިޔާމް

މަޖިލިސްގެ ރައީސްއާ ނައިބް ރައީސް އިބްތިޚާބު ކުރުމުގެ ޖަލްސާ ފަށައިފިއެވެ.

މަޖިލިހުގެ ރައީސާއި ނައިބު ރައީސަކު އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ޖަލްސާ އަށް ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން މަޖިލިހުގެ މެމްބަރު ކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އެއީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމެވެ.

ނަވާރަވަނަ މަޖިލީހުގެ ސާފު މެޖޯރިޓީ 65 ގޮނޑި ކާމިޔާބުކޮށް ސަރުކާރު ހިންގާ މައި ޕާޓީ އަށް ލިބިފައިވާއިރު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ 8 ގޮނޑި ހޯދާފައެވެ. ޕީޕީއެމްއަށް 5 ގޮނޑި ލިބިފައިވާއިރު، ޕީއެންސީ ވަނީ 3 ގޮނޑި ހޯދާފައެވެ. ޖޭޕީއަށް 5 ގޮނޑި ލިބިފައިވާއިރު، އެމްޑީއޭއަށް ވަނީ 2 ގޮނޑި ލިބިފައެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ނަވާރަވަނަ މަޖިލީހުގައި ތިއްބަވާނީ 7 މެމްބަރުންނެވެ.

ނަވާރަވަނަ މަޖިލީހަށް ވަނީ ދެ ދާއިރާ އިތުރުވެފައެވެ. އެއީ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއެވެ.

ޤާނުނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ، މަޖިލިސް އިންތިޚާބު ކުރުމަށްފަހު ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ކަމުގައެވެ. އަދި އެމުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމުގައެވެ.

ރައީސަކާ ނައިބު ރައީސަކު ހޮވުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ނެގުނު ފަސްމެމްބަރުންގެ ކޮމެޓީގައި ހިމެނެނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން، އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ، ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިންއެވެ. ކޮމެޓީ ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ.

- ކޮމެންޓް