ކ. މާލެ
|
28 މެއި 2019 | އަންގާރަ 21:39
އާ މަޖިލިސް މެމްބަރުން
އާ މަޖިލިސް މެމްބަރުން
ޓްވިޓަރ
އާ މަޖިލިސް ހުވާކުރުން
އާ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވި މެމްބަރުން ހުވާކުރައްވައިފި
65 ގޮނޑި ކާމިޔާބުކޮށް މަޖިލީހުގެ ސާފު އަޢުލަބިއްޔަތު އެމްޑީޕީ ވަނީ ހޯދާފައި
19 ވަނަ މަޖިލީހަށް ވަނީ އާ ދެ ދާއިރާ އިތުރުވެފައި
ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު

ނަވާރަ ވަނަ ރައްޔިތުންގެ މަޖލީހަށް އިންތިޚާބު ވެވަޑައިގެންނެވި މެމްބަރުން ހުވާކުރައްވައިފިއެވެ.

އާ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާ ކުރެއްވީ އަންގާރަ ދުވަހުގެ ރޭ އެކަމަށް ހާއްސަކޮށްގެން މަޖިލިސް ކުރާ ގޭގައި ބޭއްވި ރަސްމިއްޔާތެެއްގައެވެ. މެމްބަރުންނަށް ހުވާ ލައި ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ އަހްމަދު އަބްދުﷲ ދީދީއެވެ.

ނަވާރަވަނަ މަޖިލީހުގެ ސާފު މެޖޯރިޓީ 65 ގޮނޑި ކާމިޔާބުކޮށް ސަރުކާރު ހިންގާ މައި ޕާޓީ އަށް ލިބިފައިވާއިރު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ 8 ގޮނޑި ހޯދާފައެވެ. ޕީޕީއެމްއަށް 5 ގޮނޑި ލިބިފައިވާއިރު، ޕީއެންސީ ވަނީ 3 ގޮނޑި ހޯދާފައެވެ. ޖޭޕީއަށް 5 ގޮނޑި ލިބިފައިވާއިރު، އެމްޑީއޭއަށް ވަނީ 2 ގޮނޑި ލިބިފައެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ނަވާރަވަނަ މަޖިލީހުގައި ތިއްބަވާނީ 7 މެމްބަރުންނެވެ.

ނަވާރަވަނަ މަޖިލީހަށް ވަނީ ދެ ދާއިރާ އިތުރުވެފައެވެ. އެއީ މައްޗަންގޮޅި މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާއެވެ.

ޤާނުނު އަސާސީގެ 79 ވަނަ މާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޢުމުރަކީ، މަޖިލިސް އިންތިޚާބު ކުރުމަށްފަހު ފުރަތަމަ ޖަލްސާ ކުރާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ކަމުގައެވެ. އަދި އެ މުއްދަތު ހަމަވުމުން މަޖިލިސް އުވުނީ ކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
- ކޮމެންޓް