މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިގެން ހިންގާ ހޭލުންތެރިކުރުމުގެ ކެމްޕޭންގެ މަޢުލޫމާތު ޙިއްޞާކުރުމުގެ ބައްދަލުވުމުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެންފިއެވެ.
މި ބައްދަލު ކޮށްލެއްވުމުގައި ސޯޝަލް ކައުންސިލާއި ކުންފުނިތަކުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި މަގުމަތީގައި ހިނގާ އިޖުތިމާޢީ މައްސަލަތަކަށް ގެނެވިދާނެ ހައްލުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިކެމްޕޭނަށް ކުންފުނިތަކުން ފުރިހަމަ އެބާރުލުން ދެއްވަން ނިންމެވިކަމަށްޓަކައި ވަރަށް އުފާކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި އާންމުން ހޭލުންތެރިކުރުވައި، އެންމެން ފަރުދީ ޒިންމާ އަދާކުރާނަމަ މަގުމަތީގެ މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހޭލުންތެރިކުރުމުގެ ކެމްޕެއިން ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސޯޝަލް ކައުންސިލްގެ ފަރާތުން ސިލްސިލާކޮށް ބޭއްވެވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ބައްދަލު ކުރެއްވުމުގައި ކަމާބެހޭ ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވިއެވެ.