ކ. މާލެ
|
28 މެއި 2019 | އަންގާރަ 17:51
ާަމަޖިލީހުގެ އާ ރައީސް ރިޔާސަތާއި ހަވާލުވުން މިރޭ އޮންނާނެ
ާަމަޖިލީހުގެ އާ ރައީސް ރިޔާސަތާއި ހަވާލުވުން މިރޭ އޮންނާނެ
މަޖިލިސް
މެމްބަރުން ހުވާ ކުރުން
މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ
ރައީސް އާޢި ނައިބް ރައީސް އިންތިޚާބު ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް
ހުވާކުުރުމުގެ ރަސްމިއްޔާތު އޮތީ މިރޭ 9.30 ގައި

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު އަންގާރަ ދުވަހުގެ ރޭ އޮންނާނެއެވެ.

މި ރަސްމިއްޔާތު އޮންނާނީ އަންގާރަ ދުވަހުގެ ރޭ 9.30 ގައި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ.

މެމްބަރުން ހުވާ ކުރުމަށް ފަހު، ދެން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ޖަލްސާއެވެ. މި ޖަލްސާ އޮންނާނީ އަންގާރަދުވަހުގެ ރޭ 10.30 ގައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްއެވެ.

މި ޖަލްސާގައި މަޖިލީހުގެ ރައީސަކާއި ނައިބު ރައީސަކު މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިޚާބު ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ހޮވުން އޮންނާނެއެވެ. އެއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުކުރުމަށް އެދިވަޑައިގަންނަވާ މެންބަރުންގެ ނަންފުޅުތައް ހުށަހަޅުއްވައި ތާއީދުކުރެއްވުން އޮންނާނެއެވެ.

ނަންފުޅުތައް ހުށަހަޅުއްވައި، އެ ނަންފުޅުތަކަށް ތާއީދް ހޯއްދެވުމަށް ފަހު ޖަލްސާގައި ދެން އޮންނާނީ އެ ނަންފުޅުތަކަށް ވޯޓަށް އެހުމެވެ. ވޯޓައް އަހައި ނިމުމަށް ފަހު، ވޯޓްގެ ނަތީޖާ އިއުލާންކުރުމަށް ފަހު، ދެން ޖަލްސާގައި އޮންނާނީ އެންމެ ގިނައިން ވޯޓް ލިބިވަޑައިގެންނެވި މެމްބަރު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމެވެ.

65 ގޮނޑި ކާމިޔާބުކޮށް ނަވާރަވަނަ މަޖިލީހުގެ ސާފު އަޢުލަބިއްޔަތު އެމްޑީޕީ ވަނީ ހޯދާފައެވެ. އެމްޑީޕީން މަޖިލީހުގެ ރައީސް ކަމަށް ގެންނަން ހޮވާފައިވަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުއެވެ. އަދި ނައިބް ރައީސް ކަމަށް ގެންނަން ހޮވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ.

- ކޮމެންޓް