ކ. މާލެ
|
28 މެއި 2019 | އަންގާރަ 21:03
ނަސަންދުރަ ޕެލަސް
ނަސަންދުރަ ޕެލަސް
މުހައްމަދު ޝަރުހާން
ނަސަންދުރަ ޕެލަސް
ނަސަންދުރަ ޕެލަސްގެ މައްސަލާގައި އޭޖީގެ ލަފާފުޅަކަށް ވަނީ އެދިފައި: މިނިސްޓަރު
ފިޔަވަޅެއް އަޅަންޖެހޭނަމަ އެ ފިޔަވަޅު އަޅާނަން

ނަސަންދުރަ ޕެލަސް ހޮޓެލްގެ މައްސަލާގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ ލަފާފުޅަކަށް އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ނަސަންދުރަ ޕެލަސް ހޮޓެލްގެ އެއްބަސްވުމުގައި ގަބޫލުނުކުރެވޭ ކަންތައްތަކެއް އުޅޭ ކަމަށާއި، އެކަންކަން ހައްލުކުރުމަށް އޭޖީ ރިފްއަތުގެ ލަފާފުޅަށް އެދިފައިވާ ކަމަށެވެ.

މިސަރުކާރާއެކު މިނިސްޓްރީގެ ސިޔާސަތު ކަނޑައަޅާ ޓީމުން ނަސަންދުރާގެ އެއްބަސްވުން ހަދާފައިވާ ގޮތެއް ބަލާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އޭޖީގެ ލަފާ ލިބުމުން ފިޔަވަޅެއް އަޅަންޖެހޭނަމަ އެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

ނަސަންދުރަ ބިން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ހިއްސާ އޮންނަ އެންޕީއެޗް އިންވެސްޓްމަންޓްސްއަށެވެ. އެ ކުންފުނިން ވަނީ އެ ހޮޓެލް ތަރައްގީ ކުރުމަށް ސްރީލަންކާގެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޮޑިޓަރ ޖެނެރަލް ތައްޔާރު ކުރެއްވި ހާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުގައި ކުރިން އޮތް ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން 2015 ވަނަ އަހަރުގެ ޖެނުއަރީ 27 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސަރވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެމްއެމްޕީއާރުސީއަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރިއެވެ.

އޭރުގެ ޓޫރިޒަމް މިނިސްޓަރގެ އަތުން ދައުލަތަށް ލިބުނު ގެއްލުން ކަމަށްވާ 4.8 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް، 19 މާރިޗު 2018ގައި މިނިސްޓްރީ އޮފް ޓޫރިޒަމްއަށް އޭސީސީން ވަނީ އަންގާފައެވެ.

- ކޮމެންޓް