އިންޑިއާގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ބައިވެރިވެގެން ބާއްވާ އެކްސްޕޯއެއް އަންނަ މަހުގެ 13 އިން 15 އަށް ބާއްވަން ނިންމައިފިއެވެ.
އެ އެކްސްޕޯއަކީ އިންޑިއާގެ ހޮސްޕިޓަލްތަކާއި ކްލިނިކް އަދި ސިއްހީ ދާއިރާގެ ހާއްސަ ޑޮކްޓަރުން ބައިވެރިވެގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އެކްސްޕޯއެކެވެ. މި އެކްސްޕޯ އިންތިޒާމް ކުރާ ފަރާތް ކަމުގައިވާ މެޑްހޮޕް އިންޑިއާގެ ފަރާތުން މި އިވެންޓު މެނޭޖް ކުރުމަށް ހަވާލުކޮށްފައި ވަނީ އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މެޑިކަލް ޓެރެވަލް ޓޫރިޒަމްގެ އަމާޒުގައި ރާއްޖޭގެ ސިއްހީ ފަރުވާދޭ ކްލިނިކް އަދި ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ފުޅާކުރުމާއި އިންޑިއާގެ ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖޭގައި ފަރުވާ ދިނުމަށް ހަމަޖެއްސުމުގެ ފުރުސަތުތަކާއި ސިއްހީ ދާއިރާއަށް އިންވެސްޓްކުރުމަށް ހުޅުވުގެންދާނެ ވަރަށް ބޭނުންތެރި ފުރުސަތުތަކަށް މި އެކްސްޕޯ ވެގެންދާނެ ކަމަށް އަސަރީ ސަރވިސަސް އިން ބުންޏެވެ. އެކުންފުނީގެ އިވެންޓް ޑިރެކްޓަރ އައިޝަތު މުއީނާ ވިދާޅުވީ އިންޑިއާގެ 31 ހޮސްޕިޓަލް އަދި ސިއްހީ ހިދުމަތްދޭ ތަންތަން އެކްޕޯގައި ބައިވެރިވާނެ ކަމަށެވެ. އަދި 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ބައްދަލުކޮށް ވާހަކަދެއްވުމުގެ ފުރުސަތު މި އެކްސްޕޯގެ ތެރެއިން ހުޅުވިގެންދާނެ ކަމަށާއި ސިއްހީ 4 ދާއިރާއަކަށް އަމާޒު ކޮށްގެން ރާއްޖޭގެ އާންމުންނަށް ވަރަށް މުހިންމު ސެމިނާރތަކެއް ވެސް ދަރުބާރުގޭގައި ކުރިއަށްދާނެ ކަމަށް މުއީނާ ވިދާޅުވިއެވެ.
އެންމެ ބޮޑު އަމާޒަކީ ރާއްޖެއަށް އިންޑިއާގެ ހެލްތު ދާއިރާ ފުޅާ ކުރުން. ވޯލްޑް ކްލާސް ހެލްތު ސެކްޓާސް އިންޓްރޮޑިއުސް ކުރުން
ރާއްޖެއިން ފަރުވާ ކުރެވެން ނުހުންނަ ހާއްސަ ދާއިރާތަކާއި ޖެނެޓިކް ބަލިތައް (އައި ވީ އެފް އަދި އިންފާރޓިލިޓީ، ލާރނިންގ ޑިސްއެބިލިޓީސް، އޯޓިޒަމް ފަދަ ބަލިކާއި) ގުޅޭ ހާއްސަ ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުމުގެ އިތުރުން އަޔުރްވެދިކް މެޑިސިން އަދި ޓެލެ ކޮންސަލްޓޭޝަންގެ ހިދުމަތްތައް ރާއްޖެއަށް ތައާރަފްކުރުން ފެނިގެން ދާނެ ކަމަށް އިވެންޓް އޮގަނައިޒް ކުރާ އަސަރީ ސަރވިސަސްއިން ބުނެއެވެ.