ކ. މާލެ
|
23 އޭޕްރިލް 2019 | އަންގާރަ 15:00
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ ސިޓީގެ ބައެއް ދާއިރާތަކުގެ މެމްބަރުން: އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލީ ނިޒާރު
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ ސިޓީގެ ބައެއް ދާއިރާތަކުގެ މެމްބަރުން: އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލީ ނިޒާރު
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކައުންސިލްތަކުން ކުންފުނި އުފައްދައި، އަންހެނުން އިންތިހާބު ކުރުން ލާޒިމު ކުރާ ބިލު ބަލައިގެންފި
ބިލު ބަލައިގަތީ 45 މެމްބަރުންގެ އިއްތިފާގުން

ކައުންސިލްތަކުން ކުންފުނި އުފައްދައި، ވިޔަފާރި ކުރެވޭ ގޮތް ހެދުމަށާއި ކައުންސިލްތަކަށް އަންހެނުން އިންތިހާބު ކުރުމަށް ލާޒިމުވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އެ އިސްލާހު ބަލައިގަތީ އަންގާރަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 45 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ގައުމީ ސަލާމަތު ކޮމެޓީއަށެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހަށް އެންމެ ފުރަތަަމަ ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. ބަންޑާރަ ނައިބުގެ އޮފީހުން ތައްޔާރުކޮށް، ސަރުކާރުގެ ފަރާތުން އެ ބިލު ސުޕޮންސަރ ކުރެއްވި ރޮޒައިނާ، އަންގާރަ ދުވަހުގެ ޖަލްސާއަށް ވަޑައިނުގެންނެވުމުން، އޭނާގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައި ކައުންސިލްތަކަށް އަންހެނުން އިންތިހާބު ކުރުން ލާޒިމުކޮށް، ދައުލަތަށް ނަގާ ކުލީގެ 40 ޕަސެންޓް ކައުންސިލްތަކަށް ދިނުމަށާއި ސިޓީ ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރާ ގޮތް ބަދަލު ކުރުމަށް ހުށަހަޅާފައިވެއެވެ. އަދި ސިޓީގެ ގޮތުގައި ކަނޑައަޅާ ޝަރުތުތަކަށް ބަދަލު ގެނެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނަށް އިނާޔަތް ދިނުމަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އެކުލެވޭ ގޮތަށް ބަދަލު ގެނައުމަށް ވެސް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގައިވެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލު:

  1. ކައުންސިލްގެ 33 ޕަސެންޓަކީ އިންތިހާބު ކުރާ އަންހެނުން
  2. ސިޓީގެ އާބާދީ 20،000 ވުރެ އިތުރު ނުވާނަމަ ފަސް ކައުންސިލަރުން
  3. 30،000 ވުރެ އިތުރު ނުވާނަމަ ހަތް ކައުންސިލަރުން
  4. ސިޓީއެއްގައި ވަކި ރަށްތަކެއް ހިމެނޭނަމަ، ރަށަކުން ކައުންސިލަރެއް
  5. އަންހެނުންގެ ކޮމެޓީތަކަށް އުޖޫރަ ދިނުން
  6. އޭލްޖީއޭގެ މެމްބަރުންގެ އަދަދު ނުވައަކަށް އިތުރު ކުރުން
  7. ކައުންސިލްތަކަށް އެހީތެރިވުމަށް ގައުމީ އިދާރާތައް އުފެއްދުން
  8. ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ކައުންސިލްތަކުން ދިނުން
  9. ކައުންސިލްތަކުން ކުންފުނި އުފައްދައި، މަޝްރޫއުތައް ހިންގުން
  10. ދައުލަތަށް ލިބޭ ކުލީގެ 40 ޕަސެންޓް ކައުންސިލްތަކަށް
  11. ދައުލަތުގެ ބަޖެޓުގެ 5 ޕަސެންޓް، ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް
  12. ކައުންސިލްގެ އިދާރީ އިސް މުވައްޒަފު ކައުންސިލުން ކަނޑައެޅުން

އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އަލީ ނިޒާރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަކީ ކައުންސިލްތައް ބާރުވެރިކުރުވާނެ އިސްލާހެއް ކަމަށެވެ. ބިލުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުން ވަނީ އެ އިސްލާހަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ބައެއް މެމްބަރުން ވަނީ އެ ބިލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފާހަގަ ކުރައްވާފައެވެ.

- ކޮމެންޓް
23 އޭޕްރިލް 2019 | އަންގާރަ 14:07
insaaf
gaanoonuga anhenunah vaki vareh kanda alhumaki kohgen vaanekamenoon...mihaaruves anhen beyfulhunnah inthihaabuga vaadhakurevey..kobaatho meege mahsala aki? insaafu ohnanjehey
23 އޭޕްރިލް 2019 | އަންގާރަ 12:49
beybe
Council thakuge 33% ah anhenun inthjkhaabu kiran Qaanoonakun kandaelhumakee firihenunge inthikhaabee Haqqu feerigathun mihaarumiothee anhenunnaai firihenunnah Hama Hama furusathu kobaa jender equality ge haqqu rayyithunge majuleehun faaskuraa qaanoonakun ehaqqu feyrigathumakee eggothakahves balaaganeveyne kamehnoon
23 އޭޕްރިލް 2019 | އަންގާރަ 12:39
beybe
varah hamnujehey bileh dhen fennaanee dheiru 2 dhalhayah idhaaree is muvazzafu badhalukoh udehbudeh nudhanna kaunsilarun Ilmee gaabilu Directorunnaai Directer generalunge machchah nufoozu foruvaa Council thakuge idhaaree hingun hutto fudigen dhaa manzaru