Advertisement
ކ. މާލެ
|
7 އޭޕްރިލް 2019 | އާދީއްތަ 14:19
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
މިހާރު
ރައްޔިތުންގެ މަޖިލިސް 2019
މިއީ މަޖިލިސް އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލީ ފަހަރު: ޝަރީފް
2009 ވަނަ އަހަރު ވޯޓުލީ 78.15 އިންސައްތަ މީހުން
2014 ވަނަ އަހަރު ވޯޓުލީ 78.8 އިންސައްތަ މީހުން

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި މަޖިލިސް އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލީ އިންތިހާބު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. 

އާދިއްތަ ދުވަހު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އިންތިހާބުގައި 212،079 މީހުން ވޯޓުލާފައިވާ ކަމަށާއި، މިއީ މަޖިލިސް އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލީ ފަހަރު ކަމަށެވެ. 

ޝަރީފް އެހެން ވިދާޅުވެފައިވާއިރު، 2009 ވަނަ އަހަރު ވޯޓު ލުމުގެ ހައްޤު 212،559 ފަރާތަކަށް ލިބިފައިވާއިރު، އޭގެ ތެރެއިން ވޯޓު ލާފައި ވަނީ 166،105 މީހުންނެވެ. އެއީ 78.15 އިންސައްތަ މީހުންނެވެ. އަދި 2014 ވަނަ އަހަރު  240،652 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން ވޯޓުލާފައި ވަނީ 189،642 މީހުންނެވެ. އެއީ 78.8 އިންސައްތަ މީހުންނެވެ. 

މިއަހަރު މަޖިލިސް އިންތިހާބުގައި 264،442 މީހަކަށް ވޯޓު ލުމުގެ ހައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން ވޯޓު ލާފައިވަނީ 212،079 މީހުންނެވެ. އެއީ 80.19 އިންސައްތަ މީހުންނެވެ. 

މި ފަހަރުގެ މަޖިލިސް އިންތިހާބުގެ ނަތީޖާތައް ދައްކާ ގޮތުން ސަރުކާރު ހިންގާ މައި ޕާޓީ (އެމްޑީޕީ) އިން ވަނީ ބޮޑު އަގުލަބިއްޔަތަކުން މަޖިލީހުގެ މެޖޯރިޓީ ހޯދާފައެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އެމްޑީޕީ އަށް 60 އަށް ވުރެ ގިން ގޮނޑި ވަނީ ލިބިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް