Advertisement
ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 23:09
ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުދެއްވުމަށް ފަހު
ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުދެއްވުމަށް ފަހު
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
ޝުކުރިއްޔާ ދިވެހި ރައްޔިތުން، ތިޔަ ދެއްކެވީ ތަފާތު ބޮޑު ކާމިޔާބީއެއް: ނައިބު ރައީސް
ދިވެހި ރައްޔިތުން ދެއްކެވި ތަފާތު ސަރުކާރުން ފެންނާނެ: ނައިބުރައީސް
އެމްޑީޕީއަށް ބޮޑު އަޢުލަބިއްޔަތެއް ވަނީ ލިބިފައި

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ މަޖިލިސް އިންތިހާބުގައި ދިވެހި ރައްޔިތުން ދައްކަވާފައި ވަނީ ތަފާތު ބޮޑު ނަތީޖާއެއް ކަމަށާއި، ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. 

ހޮނިހިރު ދުވަހު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުން ދައްކަވާފައި ވަނީ ތަފާތު ބޮޑުު ކާމިޔާބީއެއް ކަމަށާއި، ރައްޔިތުން ދެއްކެވި ތަފާތު މި ސަރުކާރުން ފެނިގެންދާނެ ކަމަށެވެ. 

ނައިބު ރައީސް އެހެން ވިދާޅުވެފައިވާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ބޮޑު އަޣުލަބިއްޔަތެއް ވަނީ ލިބިފައެވެ. 

އެމްޑީޕީއަށް ކާމިޔާބު ލިބުނު ދާއިރާތަކަށް ބަލާއިރު މައްޗަންގޮޅި މެދު ދާއިރާއަށް ހޮވިފައި ވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭގެ އިތުރުން ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް އައްޑޫ ސިޓީގެ ހުރިހާ ދާއިރާއެއް ވަނީ ކާމިޔާބު ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް