ކ. މާލެ
|
6 އޭޕްރިލް 2019 | ހޮނިހިރު 22:16
މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް
މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް 2019
މަޖިލީހުގެ ރައީސް ޤާސިމް އަނެއްކާވެސް ގޮނޑި ދިފާއުކުރައްވައިފި
މާމިގިލީ ދާއިރާއަށް ކުރިމަތިލެއްވީ 3 ކެނޑިޑޭޓުން

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ގޮނޑި ކާމިޔާބު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް އަނެއްކާވެސް ގޮނޑި ދިފާއު ކުރައްވައިފިއެވެ. 

ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން ޤާސިމްއަށް 68.63 އިންސައްތަ ވޯޓު ލިބިވަޑައިގެންފައިވާއިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އެމްޑީީޕީގެ ކެންޑިޑޭޓް އަލީ އަމީޒަށެވެ. އެގޮތުން އަމީޒަށް ލިބިވަޑައިގެންފައިވަނީ 29.41 އިންސައްތަ ވޯޓެވެ. 

ޤާސިމްއާއި އަމީީޒުގެ އިތުރުން އެދާއިރާއަށް ކުރިމަތިލެއްވީ އަހުމަދު އިބްރާހިމްއެވެ. 

ޤާސިމް ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބު ކުރައްވާފައިވާއިރު، މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު ހޮއްވެވުމަށްޓަކާ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސްގެ މަގާމަށް 62 މެމްބަރުން ވޯޓުން ޤާސިމް އައްޔަނު ކުރައްވާފައިވަނީ 1 ނޮވެމްބަރު 2018 ގައެވެ. އޭރު މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި ގާސިމާ ވާދަ ކުރެއްވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއަށް ލިބިވަޑައިގެންނެވީ 16 ވޯޓެވެ.

 

- ކޮމެންޓް