ކ. މާލެ
|
28 މާރޗް 2019 | ބުރާސްފަތި 02:44
ޏ.ފުވައްމުލަކު
ޏ.ފުވައްމުލަކު
ގޫގުލް
އެކްސިޑެންޓެއް ހިނގުން
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެ
އެކްސިޑެންޓްވީީ ޕިކަޕަކުން އޯވަރޓޭކް ކުރަން އުޅެނިކޮށް

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް އެކިވަރުގެ އަނިޔާތަކެއް ލިބިއްޖެއެވެ. 

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެކްސިޑެންޓް ހިނގާފައި ވަނީ ބުދަ ދުވަހުގެ ރޭ 19:34 ހާއިރު ކަމަށާއި، ހާދިސާ ހިނގަން މެދުވެރިވީ ސައިކަލު ދުއްވަން އިން 16 އަހަރުގެ ކުއްޖަކު ދުއްވާފައި ދިޔަ ސައިކަލު ފުވައްމުލަކު ފުނާޑު ކާނު ސަރަހައްދުން ދުއްވާފައި ދިޔަ ޕިކަޕަކުން އޯވަރ ޓޭކް ކުރުމުގެ ތެރޭގައި ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހުމުގެ ސަބަބުން ކަމަށެވެ.

އެ ހާދިސާގައި 16 އަހަރުގެ ކުއްޖާއާ އެކު ސައިކަލުގެ ފަހަތުގައި އިން 20 އަހަރުގެ މީހަކަށް ވެސް އަނިޔާވެފައިވާއިރު، އެކްސިޑެންޓްވި ސައިކަލުގައި އިން 39 އަހަރުގެ މީހާއަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ތިން މީހުންނަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ރާއްޖޭގައި މިހާރަކަށް އައިސް އެކްސިޑެންޓްތައް ގިނަވެފައިވާއިރު، ސިނަމާލެ ބްރިޖްގައި ހިނގާ އެކްސިޑެންޓްތައް ގިނަވުމުގެ ސަބަބުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހެލްމެޓް އަޅައިގެން ދަތުރުކުރުމަށް މަޖުބޫރުކޮށްފައެވެ. އަދި ހެލްމެޓް ނާޅާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

- ކޮމެންޓް