ކ. މާލެ
|
11 ނޮވެންބަރ 2023 | ހޮނިހިރު 22:28
އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ޕީޖީ ލީޑަރު އަސްލަމް ވާހަކަދައްކަވަނީ
އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ޕީޖީ ލީޑަރު އަސްލަމް ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ޖަލްސާ
އާދީއްތަ ދުވަހުގެ ޖަލްސާ އޮމާންކަމާއެކު ކުރިއަށް ގެންދަވާނެ ބޭފުޅަކު ހަމަޖެއްސުމަށް އެމްޑީޕީގެ ޕީޖީން މަޖިލީހުގައި އެދިއްޖެ
 
އާދީއްތަ ދުވަހުގެ ޖަލްސާ ވަނީ އެޖެންޑާކޮށްފައި، އޮތީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
 
މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ގޮތާއި މެދު އަމީންއާންމު ނިންމެވީ ގާނޫނުއަސާސީއާ ޙިލާފަށް ކަމަށް ވަނީ ކަނޑައަޅާފައި
 
މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅަކު ހަމަޖައްސައިދެއްވުމަށް ސިޓީގައި އެދިފައިވޭ

އާދީއްތަ ދުވަހުގެ ޖަލްސާ އޮމާންކަމާއެކު ކުރިއަށް ގެންދަވާނެ ބޭފުޅަކު ހަމަޖެއްސުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫއްޕުން މަޖިލީހުގައި އެދިއްޖެއެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް އެޑްރެސްކޮށް، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައަކީ އެ މައްސަލައާމެދު ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށާއި އަދި އެ މައްސަލަ ތާވަލްކޮށް ބާއްވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސްކަމަށް އަމީން ޢާއްމު ނިންމެވި ނިންމުމަކީ ގާނޫނުއަސާސީއާ ޙިލާފު ނިންމުމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރިވެއްޖެނަމަ ނުވަތަ މަޖިލީހުގެ އިދާރާއަށް އެއްބާރުލުން ނުދެއްވާނަމަ، ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ފަދައިން ގަވާއިދުގެ 44 ވަނަ މާއްދާ ތަތުބީގު ކުރަންވާނީ މަޖިލީހުގެ ރައީސްގެ ދައުރެއް ނެތިކަމަށް ބަޔާންކޮށްފައިވާތީ، 44 ވަނަ މާއްދާގައިވާ ގޮތަށް ރިޔާސަތު ބަލަހައްޓާނެ މީހަކު ކަނޑައަޅާ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެ ކަމަށްވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމުގައި ނައިބް ރައީސްގެ އެއްބާރުލުން ލިބިފައިނުވާތީއާއި އޭނާ ރިޔާސަތުގައި އިނުމުން ޒާތީ މަސްލަހަތު ފުށުއަރާތީއާއި މި މައްސަލަ މަޖިލީހުގައި ކުރިއަށް ނުގޮސް ދިގުލައިގެން ދާތީއާއެކު، އާދީއްތަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާނެ މެންބަރަކު ރިޔާސަތަށް ކަނޑައެޅުމުގަ ޖަލްސާ އޮމާން ކަމާ އެކު ކުރިއަށް ގެންގޮސް ދެއްވާނެ ބޭފުޅަކު އިޚްތިޔާރު ކުރެއްވުމަށް އަމީން ޢާންމަށް މަޖްލީހުގެ ގަވާއިދު ޖާގަ ދޭކަން ސްޕްރީމް ކޯޓުގެ ހުކުމުން ކަށަވަރުވާ ކަމަށެވެ.

ސިޓީގައި އެދިފައިވަނީ އާދިއްތަ ދުވަހު އޮންނަ މަޖްލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލާގައި ގޮތެއް ނިންމުމަށް އޮމާން ކަމާ އެކު ކުރިއަށް ގެންގޮސް ދެއްވާނެ ބޭފުޅަކު މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ރިޔާސަތަށް ހަމަޖައްސަވައި ދެއްވުމަށް އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިންމި ނިންމުމާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމްކުރުމާއެކު، އަނެއްކާވެސް އެ މައްސަލަ އާދިއްތަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

އެ މައްސަލަ އެޖެންޑާކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ތަފާތު 5 ފަހަރެއްގެ މަތިން އެޖެންޑާ ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. މަޖިލިސް ކުރިއަށް ނުގެންގޮސް، މަޖިލީހުގެ ޖަލްސާތަކެއް ކެންސަލްކުރަމުންދާތީ، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާ، ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް
ގުޅުންހުރި
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު