ކ. މާލެ
|
26 ޖެނުއަރީ 2019 | ހޮނިހިރު 18:48
ކޯޕަރޭޓް ގަވަރނަންސް ޕްރޮގްރާމުގެ ތެރެއިން
ކޯޕަރޭޓް ގަވަރނަންސް ޕްރޮގްރާމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ކޯޕަރޭޓް ގަވަރނަންސް ޕްރޮގްރާމް
އައްޑޫ ސިޓީގައި ފުރަތަމަ ފަހަރަށް ކޯޕަރޭޓް ގަވަރނަންސް ޕްރޮގްރާމެއް ބާއްވައިފި
26 ފަރާތަކުން ޕްރޮގްރާމުގައި ބައިވެރިވި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޯޕަރޭޓް ގަވަރނަންސްގެ ފަންނީ ތަޢުލީމު ފޯރުކޮށްދޭ "މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމަންޓް އެންޑް ގަވަރނަންސް އިންސްޓިޓިއުޓް އިން "ކޯޕަރޭޓް ގަވަރނަންސް ފޯރ ޑައިރެކްޓަރސް" ޕްރޮގްރާމްގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް އައްޑޫ ސިޓީގެ އެމްއެންޔޫ ކެމްޕަސްގައި ބާއްވައިފިއެވެ.

މި ޕްރޮގްރާމް އަމާޒް ކުރެވިފައި ވަނީ ކުންފުނިތަކުގެ ޑިރެކްޓަރުންނަށާއި، މުވައްޒަފުންނަށާއި، ޕްރޮފެޝަނަލް ލެވެލްގައި މަސައްކަތް ކުރައްވާ ފަރާތްތަކަށާއި އަދި ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަން އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށެވެ. ޕްރޮގްރާމްގެ މައިގަނޑު ބައިތަކުގެ ތެރޭގައި ކޯޕަރޭޓްގެ ގަވަރނަންސް އުސޫލްތައް މުހިންމުވާ ސަބަބުތައް، ކުންފުނީގެ އޮނިގަނޑު ކޯޕަރޭޓް ގަވަރނަންސް އުސޫލްތަކާއި އެއްގޮތަށް ބައްޓަން ކުރުން، ބައިނަލް އަޤްވާމީ ބެސްޓް ޕްރެކްޓިސްތައް ބައިވެރިންނަށް އޮޅުން ފިލުވައި ދިނުން ހިމެނެއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިޤް ޝަރަފުވެރިކޮށް ދެއްވި މި ޕްރޮގްރާމްގައި 26 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

އެމްސީޑީޖީއައިގެ ފަރާތުން ބުނީ މުސްތަޤްބަލްގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ އިތުރު ޕްރޮގްރާމްތަކެއް އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

 

 

- ކޮމެންޓް