ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 12:53
ރެޑްވޭވްގެ އަހަރީ ބާޒާރުގެ ގުރުނެގުމުގެ ތެރެއިން
ރެޑްވޭވްގެ އަހަރީ ބާޒާރުގެ ގުރުނެގުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރެޑްވޭވްގެ އަހަރީ ބާޒާރު
ރެޑްވޭވްގެ އަހަރީ ބާޒާރުގެ ނަސީބުވެރިން ހޮވައިފި
އެއް ވަނައަށް ހޮވުނު ފަރާތަށް ވަނީ 50،000ރ ދީފައި
މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ 15 ނޮވެމްބަރު 2018 އިން ފެށިގެން 15 ޖެނުއަރީ 2019 ގެ ނިޔަލަށް

އާ އަހަރާއި ދިމާކޮށް ރެޑްވޭވް އަހަރީ ބާޒާރުގެ ނަމުގައި ހިންގި ޙާއްސަ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު ދެވަނަ އަށް ހޮވޭ ފަރާތަކަށް 30،000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ.

ހޮނިހިރު ދުވަހު ރެޑްވޭވް މެގަ މޯލްގައި ބޭއްވި ރަސްމިއްޔާތުގައި ގުރުއަތުން އެއްވަނައަށް ހޮވިފައިވަނީ ޒާހިދާ ކިޔާ ކަސްޓަމަރެކެވެ. ދެވަނައަށް ހޮވިފައިވަނީ އަބްދުﷲ މުއާޒު ފުއާދުއެވެ. އަދި ތިންވަނަ އަށް ހޮވިފައިވަނީ އައިމިނަތު ސަލްމާއެވެ.

ރެޑްވޭވް މެގަ މޯލްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ސުޖާ ވިދާޅުވީ، މި ޕްރޮމޯޝަނަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި މިއަހަރުގެ އަހަރީ ބާޒާރު ތަފާތު ކުރުމުގެ ގޮތުން އެ ޕްރޮމޯޝަންގެ ތެރެއިން "ވިޒިޓް އެންޑް ވިން" ޕްރޮމޯޝަނެއްވެސް ބާއްވާނެ ކަމަށެވެ. އަދި ކުރިއަތް އޮތް ދުވަސްތަކުގައި ކަސްޓަމަރުންނަށް ހެޔޮ އަގުގައި ސާމާނު ލިބޭ ޕްރޮމޯޝަންތައްވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ 15 ނޮވެމްބަރު 2018 އިން ފެށިގެން 15 ޖެނުއަރީ 2019 ގެ ނިޔަލަށެވެ.

އަހަރީ ބާޒާރު ޕްރޮމޯޝަންގެ ދަށުން ރެޑްވޭވުން 1،500ރ. އަށް ވުރެ މަތިން ކުރި ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކޮށްފައިވެއެވެ. އަދި ގިނަ އަދަދެއްގެ ފަރުނީޗަރާއި ބަދިގޭ ސާމާނު ވަރަށް ހެޔޮ އަގުތަކުގައި މި ޕްރޮމޯޝަންގެ ދަށުން ވިއްކާފައިވެއެވެ.

 

 

 

- ކޮމެންޓް