ކ. މާލެ
|
20 ޖެނުއަރީ 2019 | އާދީއްތަ 09:00
ޑައިވް ފެއަރގެ ތެރެއިން
ޑައިވް ފެއަރގެ ތެރެއިން
އެމްއެމްޕީއާރްސީ
ޑައިވް ފެއަރ
ދުނިޔޭގެ އެންމެ ބޮޑު ޑައިވް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ
ރާއްޖޭގެ 5 ކުންފުންޏަކުން 10 މީހުން ވަނީ ފެއަރގައި ބައިވެރިވެފައި

ދުނިޔޭގެ އެންމެ ބޮޑު ވޯޓަރ ސްޕޯޓްސް ޓްރޭޑް ފެއަރ "ބޫޓް" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއަރ ފަށާފައިވަނީ މި ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ޖަރުމަންވިލާތުގައެވެ. ފެއަރ ކުރިއަށްދާނީ ޖަނަވަރީ 27 ވަނަ ދުވަހާ ހަމައަށެވެ.

މިފަހަރުގެ ފެއަރގައި 68 ޤައުމަކުން 1900 އެގްޒިބިޓަރުން އެ ފަރާތްތަކުގެ ޕްރޮޑަކްޓްތައް ދައްކާލާނެއެވެ. ރާއްޖޭގެ 5 ކުންފުންޏަކުން 10 މީހުން ވަނީ މި ފެއަރގައި ބައިވެރިވެފައެވެ.

ރާއްޖެއަށް ގިނަ ފަތުރުވެރިން ޒިޔަރާތް ކުރަނީ ކަނޑުއަޑީގެ ރީތިކަމުގެ ސަބަބުންނެވެ. 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މޯލްޑިވްސް ވިޒިޓަރ ސަރވޭއިން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި އޭރު ސަރވޭގައި ބައިވެރިވި 16 އިންސައްތަ ފަތުރުވެރިން ރާއްޖެއައުމުގެ ޝައުގުވެރިކަން އުފެދިފައިވަނީ ކަނޑުއަޑީގެ ރީތިކަމުގެ ސަބަބުންނެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ފަރާތުން ބުނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން އެހެން ޤައުމުތަކުގައި އިޝްތިހާރު ކުރުމަކީ މުހިންމުކަމެއް ކަމަށާއި ބޫޓް ފެއަރގެ ސަބަބުން އެކަން ފަހިވެގެންދާނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޖަރުމަނުވިލާތުގެ 106،660 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިފަހަރުގެ ބޫޓް ފެއަރ އަށް 90 ޤައުމުން 250،000 މީހުން ޒިޔާރަތް ކުރާނެއެވެ.

- ކޮމެންޓް