ކ. މާލެ
|
16 ޖެނުއަރީ 2019 | ބުދަ 19:31
އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގެ ތެރެއިން
އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑް އާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރ
އެޑިއުކޭޝަން އެކްސްޕޯ އަންނަ މަހު 14 އިން 16އަށް
މި އެކްސްޕޯ ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހަށް ދަރުބާރުގޭގައި
އެކްސްޕޯގައި ބައިވެރިވުމުގެ ޖާގަ މިވަގުތަށް ފުރިފައިވީ ނަމަވެސް ރާއްޖޭގެ އިންސްޓިޓިއުޓްތަކަށް އަންނަ ހަފްތާ ނިމެންދެން ބައިވެރިވެވޭނެ

މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

އަސަރީ ސާރވިސަސް ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާރވިސަސް (މެކްސް) އިންތިޒާމްކޮށްގެން ބާއްވަން އަންނަ އެ އެކްސްޕޯ ކުރިއަށް ދާނީ އަންނަ މަހުގެ 14 ވަނަ ދުވަހުން 16 ވަނަ ދުވަހަށް ދަރުބާރުގޭގައެވެ.

ބުދަ ދުވަހު ޝީ ބިލްޑިންގްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސަރީ ސާރވިސަސްގެ ފަރާތުން އިވެންޓް ޑިރެކްޓަރ އައިޝަތު މުއީނާ ވިދާޅުވީ މިއަހަރުގެ އެކްސްޕޯގައި ވެސް ރާއްޖެއާ ރާއްޖެއިން ބޭރުގެ ގިނަ އިންސްޓިޓިއުޓްތަކުން ބައިވެރިވާނެ ކަމަށާއި އެކްސްޕޯ އަށް ވަރަށް ގިނަ ފަރާތްތަކެއްގެ ތަރުހީބު ލިބިފައިވާ ކަމަށެވެ.

މިއަހަރުގެ އެކްސްޕޯގައި މިހާތަނަށް މެލޭޝިއާ، ޖަރުމަންވިލާތް، ސްރީލަންކާ ފަދަ ޤައުމުތަކުގެ 40 އަށްވުރެ ގިނަ އިންސްޓިޓިއުޓްތަކުން ބައިވެރިވެފައިވާއިރު ރާއްޖޭގެ އިންސްޓިޓިއުޓްތަކުން ވެސް ވަނީ ބައިވެރިވެފައެވެ. އެކްސްޕޯގައި ބައިވެރިވުމުގެ ޖާގަ މިވަގުތަށް ފުރިފައިވީ ނަމަވެސް ރާއްޖޭގެ އިންސްޓިޓިއުޓްތަކަށް އަންނަ ހަފްތާ ނިމެންދެން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އަސަރީ ސާރވިސަސްގެ ފަރާތުން ބުންޏެވެ.

މި އެކްސްޕޯއަކީ ރާއްޖޭ އާއި ރާއްޖެ އިން ބޭރުން ލިބެން ހުންނަ ތައުލީމާއި ތަމްރީނު އަދި އިލްމު އުނގެނުމާ ގުޅޭ ތަފާތު ގިނަ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ އެކްސްޕޯއެކެވެ.

މި އެކްސްޕޯ އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި، "މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ"ގެ އަމާޒަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި މަތީ ތަޢުލީމަށް ޝައުޤުވެރިވެލައްވާ ހުރިހާ ބޭފުޅުންނަށް ވެސް ބޭނުންހުރި މުހިންމު ފުރުސަތުތައް އެކްސްޕޯގެ ޒަރީއާ އިން ހުޅުވާލަދިނުމެވެ. މަތީ ތަޢުލީމު އަދާކުރަމުން އަންނަ ފަރާތްތަކާއި އަދި ތަޢުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ވަރަށް މުހިންމު ވާރކްޝޮޕްތަކެއް ވެސް މި އެކްސްޕޯގައި ކުރިއަށްދާނެ ކަމަށް އިންތިޒާމްކުރާ ފަރާތުން ބުންޏެވެ.

- ކޮމެންޓް